ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަމަޅަ ފިލްމީ ދާއިރާގެ ސުޕަސްޓާރެއް ކަމަށްވާ އައްލޫ އަރްޖުން ފިލްމެއް ކުޅެދޭ އަގު އަނެއްކާ ވެސް ބޮޑުކޮށްފި އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އައްލޫ އަރްޖުން ވަނީ އޭނާ ފިލްމު ކުޅޭދޭ އަގު 30 ޕަސެންޓް ބޮޑުކޮށްފަ އެވެ. އެގޮތުން މިހާރު އޭނާ ފިލްމަކަށް ނަގަނީ 150 ކްރޯޑް ރުޕީސް އެވެ.
ދާއިރާގައި ލިބެމުން އަންނަ ކާމިޔާބީއާއެކު އައްލޫ އޭނާގެ އަގުތައް ވެސް ބޮޑުކޮށްފައިވާއިރު އޭނާގެ ކުރިއަށް އޮތް ފިލްމުތަކަށް ވެސް އާއްމުންގެ ބޮޑު ސަމާލުކަމެއް ދަނީ ލިބެމުންނެވެ.
އެގޮތުން އެންމެ އަވަހަށް ނެރޭ އައްލޫގެ ފިލްމު ކަމަށްވާ "ޕުޝްޕާ 2: ދަ ރޫލް"ގެ ވާހަކަ ސޯޝަލް މީޑިއާގައި ދަނީ ބާރަށް ފެތުރެމުންނެވެ.
އެއާއެކު އެ ފިލްމުގެ ސްޓްރީމިން ރައިޓްސް ވެސް ރެކޯޑް އަގެއް ކަމަށްވާ 275 ކްރޯޑަށް ވިއްކާލާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
މިކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަން އިންޑިއާގެ މީޑިއާއިން މަސައްކަތް ކުރި ނަމަވެސް އައްލޫގެ ފަރާތުން އެއްވެސް މައުލޫމާތެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.