ލަކްސް ބްރޭންޑުގެ އެމްބަސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާންގެ ދަރިފުޅު ސުހާނާ ހާން ހަމަޖައްސައިފި އެވެ.

ފިލްމު "އާޗީސް" އިން ބޮލީވުޑަށް ނުކުތް ސުހާނާ "ލަކްސް" ބްރޭންޑުގެ އެމްބެސަޑަރަށް ހަމަޖައްސާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

މީގެ ކުރިން ޝާހްރުކް ޚާން ވެސް ވަނީ އެތައް ފަހަރަކު އެ ބްރޭންޑުގެ އެމްބަސަޑަރަކަށް ހަމަޖައްސައިފަ އެވެ.

މިހާ ބޮޑު ބްރޭންޑް އެމްބެސެޑަރަކަށް ސުހާނާ ހާއްސަކުރި ސަބަބަކީ ކޮބައިތޯ މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

ސުހާނާ ފެނިގެން ގޮސްފައިވަނީ ނެޓްފްލިކްސް ސީރީޒް "އާޗީސް" އިންނެވެ. އެހެން ނަމަވެސް އެ ސީރީޒަށް ބެލުންތެރިންގެ ތަރުހީބެއް ނުލިބެ އެވެ.

ސުހާނާ ދެން އެންމެ އަވަހަށް ފެންނާނީ އޭނާގެ ބައްޕައާ އެކު ކުޅޭ ފިލްމު "ކިންގް" އިންނެވެ. އެ ފިލްމުގެ މަސައްކަތްތައް މި މަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހޮލީވުޑާއި ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުން ވަނީ ލަކްސް ބްރޭންޑުގެ އެކި އިޝްތިހާރުތަކުގައި މަސައްކަތް ކޮށްފަ އެވެ.