އަތޮޅުތެރޭގެ ސްކޫލްތަކުން މާލޭ ސްކޫލްތަކަށް ބަދަލުވާން މިހާތަނަށް 700އަށްވުރެ ގިނަ ކުދިން ފޯމް ހުށަހަޅައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަތޮޅުތެރޭގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން އެދި މިހާތަނަށް 790 ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް ވައްދަން 2290 ކުދިން ފޯމު ހުށަހަޅާފައިވާއިރު، އެހެނިހެން ގްރޭޑްތަކަށް ވައްދަން 1450 ފޯމް ހުށަހަޅާފައިވެ އެވެ. އަދި މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް 660 ފޯމް ހުށަހަޅާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ މިމަހުގެ 7 އާ ހަމައަށް މާލޭ ސްކޫލްތަކަށް ކުދިން ވައްދަން އެދި ފޯމް ހުށަހެޅޭނެ ކަމަށެވެ. އަދި މިމަހު 13ގެ ކުރިން ފޯމްތަކުގެ ޖަވާބު ފޮނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.