ކުރިއަށް އޮތް ހަތަރު މަހު, އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މި އަހަރުގެ ޖޫން, ޖުލައި, އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ދެކުނަށް އެ މުއްދަތުގައި ވާރޭވެހޭނީ އާންމުކޮށް ވެހޭ މިންވަރަށްވުރެ މަދުން ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް, އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
މި ދުވަސްވަރު ރާއްޖޭގެ އިހްސާސް ކުރެވޭ ހޫނުމިން ވަރަށް ބޮޑަށް މަތި ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.
މޮޓޯއެކްސް އިން ހިތްގައިމު ރީތި ސީއެފް މޮޓޯ 150 ތައާރަފުކޮށްފި
މައިލީއަށް "ހޮޮލީވުޑް ވޯކް އޮފް ފޭމް"ގެ ތަރިއެއް ލިބިއްޖެ
ގުދުރަތީ މާހައުލެއްގައި 20 މިނެޓުން ވެސް ގިނަ ފައިދާތަކެއް!

އެހެންވެއްޖެއިޔާމުން ކަރަންޓު ބިލު ކުޑަވާނެ