މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލޭގެ އިތުރު ބޮޑު ބިމެއް 210 މިލިއަން ރުފިޔާއަށް ގަނެފި އެވެ.
މިދިޔަ އަހަރު އެމްއެމްއޭއިން ހުޅުމާލޭގެ 43،400 އަކަފޫޓުގެ ބިމެއް 210 މިލިއަން ރުފިޔާއަށް އެޗްޑީސީ އަތުން ގަތުމަށްފަހު މިފަހަރު ވެސް ގަނެފައިވަނީ ހަމަ އެހާ ބޮޑުމިނުގެ ބިމެކެވެ. އެ ބިން ވެސް ގަނެފައިވަނީ 210 މިލިއަން ރުފިޔާއަށެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ބިމުގެ އަގަށްވާ ފައިސާ މިދިޔަ ޖެނުއަރީ މަހު އެމްއެމްއޭއިން އެޗްޑީސީއަށް ދައްކާފައިވާތީ އެ ބިން އެމްއެމްއޭއަށް މިލްކުވެފައިވާ ކަމަށެވެ.
އެމްއެމްއޭއިން ކުރިން ބުނެފައިވާ ގޮތުގައި ހުޅުމާލެއިން ބިން ގަންނަނީ ދައުލަތުގެ ހަޒާނާ ރައްކާތެރިކޮށް ބެލެހެއްޓުމަށެވެ.
މިހާރު މާލޭގައި އެމްއެމްއޭ ހިންގަމުންދާ އިމާރާތަކީ ވެސް ޒަމާނީ ފެންވަރަށް ހަދާފައިވާ ބޮޑު އިމާރާތެކެވެ.
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
މޮރޮކޯ ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް
މިފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ ފޭވަރިޓަކަށް ހާލަންޑް!