ދަގަނޑުގެ ބައަކީ ހަށިގަނޑަށް ވަރަށް މުހިއްމު މާއްދާ އެކެވެ. ދިފާއީ ނިޒާމާއި ނާރުގެ ނިޒާމު ރަނގަޅު ގޮތުގައި ކުރިއަށް ދިއުމަށް ދަގަނޑުގެ ބައި ބޭނުންވެ އެވެ. ދަގަނޑުގެ ބައި މުއްސަނދި ކެއުންތަކުގެ ތެރޭގައި:

ބަދަން

ބަދަނުގެ ހުރިހާ ބާވަތްތަކުގައި ވެސް ގިނަ އަދަދަކަށް ދަގަނޑުގެ ބައި އެކުލެވެ އެވެ. އެހެން ކަމުން ކެއުމުގައި ގިނައިން ބަދަން ހިމަނަންވާނެ އެވެ.

ބްރޮކޮލީ

ރަހައިގެ ގޮތުން މާގިނަ ބަޔަކަށް ކަމުނުދިޔަސް ބްރޮކޮލީއަކީ އޭގައި ގިނަ ސިއްހީ ފައިދާތަކެއް އެކުލެވޭ ތަރުކާރީ އެކެވެ. އޭގެ ތެރެއިން އެއް ކަމަކީ އޭގައި އެކުލެވޭ ދަގަނޑުގެ މިންވަރެވެ.

ޑާކް ޗޮކްލެޓް

ހުރިހާ ޗޮކުލެޓަކީ ސިއްހަތަށް ނުރައްކާތެރި އެއްޗެއްސެއް ނޫނެވެ. އެގޮތުން ޑާކް ޗޮކުލެޓަކީ ދަގަނޑުގެ ބައިން މުއްސަނދިވެފައިވާ ޗޮކުލެޓުގެ ބާވަތެކެވެ.

ކަނޑުމަސް

ކަނޑުމަހަކީ ދިވެހިންނަށް ލިބުން ދަތި އެއްޗެއް ނޫނެވެ. ކަނޑުމަހުގައި ގިނަ އަދަދަކަށް ދަގަނޑުގެ ބައި ހިމެނުމަކީ ކެއުމުގައި ގިނައިން މަސް ހިމަނަންވީ އިތުރު ސަބަބެކެވެ.

ކަދުރު

ކަދުރަކީ ރަމަޟާން މަހު އެކަނި ކާންވީ އެއްޗެއް ނޫންކަން އަންގައިދެނީ އޭގައި އެކުލެވޭ ދަގަނޑުގެ ބައިން ސިއްހަތަށް ލިބޭ ފައިދާތަކުންނެވެ.