ހިތަކީ އިންސާނުންގެ އެތެެރެ ހަށީގައި ލައްވަވާފައިވާ އެންމެ މުހިއްމު އެއް ގުނަވަނެެވެ. ދިރިހުރުމަށް ބޭނުންވާ ލޭ ސާފުކޮށްދޭ ގުނަވަނެވެ. މި ގުނަވަނާ ނުލާ ދިރިއުޅުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
އެހެން ނަމަވެސް މިއީ އިނގިރޭސި ވިލާތުގެ ލަންޑަނަށް ނިސްބަތްވާ 39 އަހަރުގެ ސެލްވާ ހުސައިންގެ ދިރިއުޅުމުގެ ހަގީގަތެވެ. ސެލްވާގެ ދުވަސްތައް ހަމަ އަސްލު ވެސް ހޭދަކުރަނީ "ހިތް އަތަށް ލައިގެން"ނެވެ.
ސެލްވާގެ އެ ވާހަކަ ފެށެނީ 2017 ވަނަ އަހަރު އެވެ. ކުއްލިއަކަށް އިހުސާސް ކުރެވެން ފެށި ނޭވާ ހާސްވުމާއެކު ޑޮކްޓަރަށް ދެއްކުމުން އެނގިގެންދިޔައީ ވަރަށް އަވަސް ސްޕީޑެއްގައި އޭނާގެ ހިތް ފެއިލްވަމުން އަންނަ ކަމެވެ.
އެ ދުވަސްވަރު އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ހިތުގެ ޓްރާންސްޕްލާންޓަކަށް ތަން ނުދޭތީ ސެލްވާގެ ފިރިމީހާ ނިންމީ އޭނާގެ އަންހެނުންނަށް އާޓިފިޝަލް ހިތެއް ދޭށެވެ.
ކާމިޔާބު ކަމާއެކު ކުރެވުނު ސާޖަރީއަށް ފަހު މިހާރު ސެލްވާގެ ދުވަސްތައް ހޭދަކުރަނީ އަތް ދަބަހަކަށް އޭނާގެ ހިތް ލައިގެންނެވެ. އެކުގައި އަބަދުވެސް މީހަކު ހުންނަން ޖެހެ އެވެ.
ސެލްވާގެ އާޓިފިޝަލް ހިތުން މިނެޓަކު 138 ވިންދު ޖަހާއިރު ކޮންމެ ވިންދަކާއެކު ހަށިގަނޑަށް "ވައިބްރޭޝަން"ގެ އިހުސާސް ކުރެވެ އެވެ.
ސެލްވާއަކީ އާޓިފިޝަލް ހިތަކާއެކު ލަންޑަންގެ ހޮސްޕިޓަލަކުން ދޫކޮށްލެވުނު އެންމެ ފުރަތަމަ ބަލިމީހާ އެވެ. އެއީ ގިނަ ބަޔަކު ނުވާނެ ކަމަށް ގަބޫލުކުރި ކަމެކެވެ.