ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންއަކީ އިންޑިއާ އަށް އުފަން އިންޑިއާގެ ރައްޔިތެކެވެ. އެހެން ނަމަވެސް އޭނާގެ އާއިލާ އިންޑިއާގެ ބޭރަށް ފެތުރިފައިވާ ކަމަށް ބުނެވެ އެވެ.
އެގޮތުން އިންޑިއާގެ އަވަށްޓެރި ޕާކިސްތާނުގެ ޕިޝާވަރަށް ނިސްބަތްވާ އާއިލާއަކުން މިވަނީ އެ މީހުންނަކީ ޝާހުރުކް ޚާންގެ ދުރުތާ ތިމާގެ މީހުން ކަމަށް ބުނެފަ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި މަހީން ޚާން ނަމަކަށް ކިޔާ އަންހެނަކާއި އޭނާގެ ކޮއްކޮ ބުނެފައިވަނީ ޝާހްރުކް ޚާންއަކީ އެމީހުންގެ މަންމަގެ ދެބެންގެ ދެދަރި މީހެއް ކަމަށެވެ.
މަހީންގެ މަންމަ 2020 ވަނަ އަހަރު މަރުވެފައިވާއިރު ޝާހްރުކް ޚާންއަކީ މަންމަގެ ފަރާތުން އެމީހުންގެ ހަމައެކަނި އާއިލާ ކަމަށް މަހީން ބުނެ އެވެ.
މަހީންއަކީ ސަމާލުކަން ހޯދަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ އާއްމުން ފާޑުކީ ނަމަވެސް މަހީން ވަނީ އޭނާގެ މަންމަ އާއި ޝާހްރުކް ޚާން އެކުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާ ކޮށްފަ އެވެ.

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
ރޯދަ މަހުގެ ސަގާފަތްތަކުގެ ތެރެއިން ތުރުކީގެ ހާރު ދަންބެރު!
މިފަހަރު 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް: އީސީ