މިއަހަރުގެ ހައްޖުގެ އަޅުކަން ފެށިގެންދާއިރު އެ މާތް އަޅުކަމާ ބެހޭ ގޮތުން މަޝްހޫރު ތަރިން ދައްކާފައިވާ ބައެއް ވާހަކަތައް ވަނީ މީޑިއާއަށް އަލުން އަންނަން ފަށާފަ އެވެ.
އެގޮތުން މީޑިއާގައި މިހާރު ދައުރުވާ އެފަދަ އެއް ވާހަކައަކީ ހައްޖުގެ އަޅުކަމާ ބެހޭ ގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން ދެއްކި ވާހަކަތަކެކެވެ.
މީގެ އަހަރުތަކެއް ކުރިން ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ޝާހްރުކް ޚާން ބުނެފައިވަނީ ހައްޖުގެ އަޅުކަން އަދާކުރުމަކީ އޭނާގެ އެޖެންޑާގައި އޮތް ކަމެއް ކަމަށާއި އެކަން ކުރަން ބޭނުންވަނީ އޭނާގެ ދަރިންނާވެސް އެކުގައި ކަމަށެވެ.
މީގެ ކުރިން ޝާހްރުކް ޚާން ވަނީ ދެ ފަހަރެއްގެ މަތިން އުމްރާގެ އަޅުކަން އަދާކޮށްފަ އެވެ. އެހެން ނަމަވެސް އޭނާއާއެކު އޭނާގެ ދަރިންނެއް ނުދެ އެވެ.
މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ބޮލީވުޑް ތަރިންގެ ތެރޭގައި އާމިރު ޚާން، އޭއާރް ރަހްމާން، ސައިރާ ބާނޫ އަދި ދިލިޕް ކުމާރް ހިމެނެ އެވެ.
ހޮރްމޫޒުން ދަތުރުކުރާ ސްޕެއިން ބޯޓުތަކުން ފީ ނުނަގަން ނިންމައިފި
ޓެކްސީ ނަފާ ލޯނު ނެގި މީހުންގެ ކަންބޮޑުވުންތައް ބަލަނީ
ގަލަފް ސަރަހައްދުގަ 40 އަށްވުރެ ގިނަ އުޅަނދު ތާށިވެފައި