އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި އެންވީޑިއާ އާއި އުރީދޫގެ ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހިދުމަތް ރާއްޖެއަށް ލިބުމަށް މަގުފަހިވެއްޖެ އެވެ.

މި ޕާޓްނާޝިޕަކީ އުރީދޫއިން އެންވީޑިއާ ކްލައުޑް (އެންސީޕީ) ޕާޓްނަރަކަށްވެ، މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ އިތުރުން ރާއްޖޭގައި އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކުންފުންޏަކަށްވުމުގެ ސްޓްރެޓެޖީއާ އެއްގޮތުގެމަތިން ވެވުނު ޕާޓްނާޝިޕެކެވެ.

މި ޕާޓްނާޝިޕް މެދުވެރިކޮށް އެންވިޑިއާގެ ޒަމާނީ ކޮމްޕިއުޓިން ޕްލެޓްފޯމް ބޭނުންކޮށްގެން މި ސަރަހައްދުތަކުގައި އޭއައި އިންގިލާބެއް މަގުފަހި ކޮށްދިނުމަށް އުރީދޫއިން މަސައްކަތް ކުރަމުންދާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެ އެވެ.

"އުރީދޫގެ ހިދުމަތްތައް ފޯރުކޮށްދޭ ގައުމުތަކުގައި، އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ހައިޕަކަނެކްޓިވިޓީއަށް މާކެޓުގައި އޮތް ބޮޑު ޑިމާންޑާއި ބޭނުންތަކާ އެއްގޮތަށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެންވީޑިއާގެ އީޖާދީ ހިދުމަތްތަކުގެ އެހީގައި އޭއައި ރެޑީ ޕްލެޓްފޯމެއް އަންނަނީ ތަރައްގީ ކުރަމުން،" އުރީދޫ އިން ބުންޏެވެ.

މި ޕްލެޓްފޯމަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގެ ޑޭޓާސެޓްތައް ރައްކާތެރިކަމާއެކު ޕްރޮސެސް ކުރުމަށް ބާރުވެރިކުރުވުމުގެ އިތުރުން، އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދީ، އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ޕްލެޓްފޯމެއް ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެ އެވެ.

އުރީދޫގެ ގްރޫޕް ސީއީއޯ އަޒީޒް އަލްއުސްމާން ފަހްރޫ ވިދާޅުވީ އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ޖެނެރޭޓިވް އޭއައިއަށް ހާއްސަކޮށްފައިވާ އެންވިޑިއާގެ ފުލް ސްޓޭކް ޕްލެޓްފޯމް ތަންފީޒުކުރުމާއި އެކު، އުރީދޫ ވެގެންދާނީ މީނާގެ އޭއައި އިންގިލާބުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏަށް ކަމަށެވެ.

"މި ސަރަހައްދުގެ އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޕްރޮވައިޑަރުގެ ގޮތުގައި، ޑިޖިޓަލައިޒޭޝަން އަދި އިނޮވޭޝަން ކުރިއެރުވުމުގައި އެންމެ އިސްދައުރެއް އަދާކުރާ ކުންފުންޏަކަށް. އެންވިޑިއާއާއި ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރާނީ އެޑްވާންސް އޭއައި މޮޑެލްތަކަށް ބޭނުންވެފައިވާ އެކްސެލެރޭޓެޑް ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާ ފޯރުކޮށްދިނުމަށް," އަޒީޒް އަލްއުސްމާން ފަހްރޫ ވިދާޅުވި އެވެ.

ނެކްސްޓް ޖެނެރޭޝަން އޭއައި އަދި ޖީޕީޔޫ އޮފާތަކާއެކު އެކި ސިނާއަތްތަކަށް އިންގިލާބީ ބަދަލުތަކެއް މި އެއްބަސްވުމުގެ ދަށުން ގަތަރު، އަލްޖީރިއާ، ޓިއުނީޝިއާ، އޮމާން، ކުވައިތު އަދި ރާއްޖޭގެ ސަރުކާރުތަކާއި ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަށް އެންވީޑިއާ ގެ އެންމެ ފަހުގެ އޭއައި ޕްލެޓްފޯމް ލިބިގެންދާނެ އެވެ.

އުރީދޫގެ ޑޭޓާ ސެންޓަރުތަކުގައި އެތައް ހާސް އެންވީޑިއާ ޓެންސާ ކޯ ޖީޕީޔޫ ބަހައްޓައިގެން މި ސަރަޙައްދުތަކަށް ޒަމާނީ އިންފްރާސްޓްރަކްޗާ، ވަސީލަތްތައް އަދި ސޮފްޓްވެއާތަކާއެކު އެންމެ ޒަމާނީ އޭއައި ޕްލެޓްފޯމެއްގެ ބޭނުން ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެ އެވެ.

މިކަމުގެ ސަބަބުން ޕްރޮސެސްތައް އިތުރަށް ފުރިހަމަވެ، އެކި ސިނާއަތްތަކުގައި އޮޕަރޭޝަނަލް މަސައްކަތް އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ. އަދި އުރީދޫގެ ޖީޕީޔޫ ހިދުމަތާއި އެކު އެންމެ ޒަމާނީ އޭއައި އަދި މެޝިން ލާނިން ޓޫލްސް ހިމެނޭނެ އެވެ.

"އުރީދޫއިން އިންފްރާސްޓްރަކްޗާ އަދި އޭއައި ހޯސްޓިން ސޮލިއުޝަންސްތަކާއި އެކު ސަރަހައްދީ ކުރިއެރުމަށް މަގުފަހިކޮށްދެނީ އެންވީޑިއާ އާއި އުރީދޫ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ އުރީދޫ ގެ ހިދުމަތްދޭ ސަރަޙައްދުތަކުގައި އޭއައި އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް. ލޯކަލް ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތިން ސެކިއުރިޓީ އިތުރުކޮށް، އޮޕްޓިމައިޒްޑް ޕާފޯމަންސް އަދި ކަސްޓަމައިޒޭޝަން އަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެއް،" އުރީދޫ މޯލްޑިވްސްއިން ބުންޏެވެ.

ނަތީޖާއެއްގެ ގޮތުން އުރީދޫ ހިންގާ ގައުމުތަކުގައި އަމިއްލަ ކްލައުޑްތައް ގާއިމުކޮށް، އަމިއްލަ އޭއައި އީކޯސިސްޓަމްތަކާއި އެޕްލިކޭޝަންތައް ތަރައްގީ ކުރުމަށް މަގުފަހިވެ، ޑޭޓާ ސެކިއުރިޓީގެ ފިޔަވަޅުތައް ހަރުދަނާ ކުރެވޭނެ އެވެ.

އެކްސެލެރޭޓެޑް ކޮމްޕިއުޓިން އިންޓަގްރޭޓް ކުރުމުގެ ފުރުސަތު ނުވަތަ އަމިއްލަ އަށް ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ހަރުދަނާ އަދި ތަރުތީބުކުރެވިފައިވާ އޭއައި ޕްރޮސެސްކުރުމުގެ ގާބިލުކަން ޔަގީންވެގެންދެ އެވެ.

މި މަސައްކަތުގެ ސަބަބުން އެންމެ ޒަމާނީ އޭއައި ކްލައުޑް ޕްލެޓްފޯމަކުން ކަސްޓަމަރުން ބާރުވެރިކުރުވައި، އިގްތިސާދީ ކުރިއެރުމާއި ވަޒީފާ އުފެއްދުމާއި އުފެއްދުންތެރި އައު ޓެކްނޮލޮޖީގެ އީޖާދުކުރުމަށް މި ސަރަހައްދުތަކުގައި މަގުފަހިވެގެންދާނެ އެވެ.

މީގެއިތުރުން އުރީދޫއިން ކޮންމެ ގައުމެއްގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން، އެ ގައުމެއްގެ ބޭނުންތަކާ އެއްގޮތަށް އޭއައިގެ ލަނޑުދަނޑިތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ އެވެ.

ކޯޕަންހޭގަންގައި ބޭއްވި ޓީއެމްފޯރަމްގެ ޑީޓީޑަބްލިއު 24 ގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަލުތުމާން ފަޚްރޫ އާއި އެންވިޑިއާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ޓެލެކޮމް، ރޮނީ ވަސިޝްތާގެ އެވެ.