ވެޓެރަން އެކްޓަރު ގޯވިންދު ނާމްދޭވްއަކީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ދެ ތަރިން ކަމަށްވާ ޝާހްރުކް ޚާންއާއި ސަލްމާން ޚާންއާއެކު ވެސް މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ގޯވިންދު ވަނީ އެ ދެތަރިންނާއެކު މަސައްކަތް ކުރުމުގައި އޭނާއަށް ކުރެވުނު ތަފާތު ތަޖުރިބާ ހިއްސާކޮށްފަ އެވެ.

އެގޮތުން ގޯވިންދު ބުނީ ޝާހްރުކް ޚާން ދުވާލު ޝޫޓިންގައި އަވަދިނެތި އުޅުމަށްފަހު ރޭގަނޑުގެ ވަގުތު ކްރޫއާއެކު ހޭދަކުރާ ކުރި ނަމަވެސް ޝޫޓިންއަށްފަހު ސަލްމާން ކްރޫއާއެކު ވަގުތު ހޭދަ ނުކުރާ ކަމަށެވެ.

"ވަރަށް މަދުން ސަލްމާން އޭނާގެ ކުޑައިރުގެ ހަނދާންތައް ހިއްސާ ކުރާނެ. އެކަމަކު އާއްމުކޮށް އުޅޭނީ އެކަނި މާ އެކަނި،" ގޯވިންދު ބުންޏެވެ.

ގޯވިންދު އިތުރަށް ބުނީ އެ ދެތަރިންނަކީ ވެސް މަސައްކަތަށް ވަރަށް ފަރުވާތެރި ބުރަކޮށް މަސައްކަތްކުރާ ދެ ތަރިން ކަމަށާއި ޝޫޓިން ގަޑީގައި އެމީހުންގެ 100 ޕަސެންޓް ދޭ ކަމަށެވެ.

ޝާހްރުކް ޚާންއާއެކު "ފިރް ބީ ދިލް ހޭ ހިންދުސްތާނީ" އިން ގޯވިންދު ފެނުނުއިރު ސަލްމާންއާއެކު އޭނާ މަސައްކަތް ކޮށްފައިވަނީ "ވޯންޓަޑް"ގަ އެވެ. އެ ފިލްމުގައި ވެސް ގޯވިންދު ފެނުނީ ނެގެޓިވް ރޯލަކުންނެވެ.