އުވާލާނެ ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކަނޑައަޅައިފި އެވެ.

ރައޔްިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ޕީސީބީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ޔަމީން މިއަދު ވިދާޅުވީ ފައިދާ ނުވާ ކުންފުނިތަކާ މެދު އަމަލުކުރާނެ ގޮތުގެ އިޖުރާއަތެއް ތައްޔާރުކޮށް ކަމާ ގުޅޭ އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ފައިދާ ނުވާ ކުންފުނިތަކާ މެދު އަމަލުކުރަން ނިންމާފައިވަނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ފައިދާ ނުވާ ކުންފުނިތަކުގެ މަސައްކަތްތައް އަލުން މުރާޖައާކޮށް ފައިދާވާ ގޮތްތަކެއް ހޯދައި ބައެއް ކުންފުނިތައް އެއްކޮށްލުމެވެ. ދެވަނަ ގޮތަކީ އެއްވެސް ގޮތަކަށް ފައިދާ ނުވާނެ ކަމަށް ފެންނަ ކުންފުނިތައް އުވާލުމެވެ.

"ކޮން ކުންފުނިތަކެއްތޯ އުވައިލާނީ، ކޮން ކުންފުނިތަކެއްތޯ މާޖު ކުރާނީ. ލިސްޓެއް މިހާރު ވާނީ ބޯޑުން ތައްޔާރުކޮށް، އެންޑޯޒްކޮށް، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅިފައި،" އޭނާ ވިދާޅުވި އެވެ.

ޔަމީން ވިދާޅުވީ ކުންފުނިތައް ހިންގުމާ ގުޅޭ މުހިއްމު އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްތައް އެ ބޯޑުން ކުރަމުން އަންނަ ކަމަށެވެ. އަދި ކުންފުނިތަކުގެ ޕާފޯމަންސް މޮނިޓަރިން ސިސްޓަމެއް ގާއިމް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލަން ނިންމީ ސަރުކާރުގެ ހަރަދު ކުޑަކުރަން ކުރާ މަސައްކަތްތަކުގެ ދަށުންނެވެ.