ކޫރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކަސްޓަމްސް އިން ދިން މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި މާލެއިން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޖުލައި 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ކޫރިއާ ސާވިސް މެދުވެރިކޮށް އޭނާ ހަވާލުވި ޕާރުސަލް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ކާޑްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް އެ އިދާރާއިން ބުނެ އެވެ.
ގަލަފް ސަރަހައްދުގަ 40 އަށްވުރެ ގިނަ އުޅަނދު ތާށިވެފައި
ޓްރަމްޕް ވައިޓް ހައުސް ފަރިއްކޮޅުގައި ބަޑީގެ ހަމަލާއެއް
ޓެކްސީ ނަފާ ލޯނު ނެގި މީހުންގެ ކަންބޮޑުވުންތައް ބަލަނީ