ހަގު އުމުރެއްގައި ދަރިމައިވުމަކީ އުރަމަތީގެ ކެންސަރުން އަންހެނުން ދުރުކޮށްދޭ ކަމެއް ކަމަށް ދާދި ފަހުން ކުރި ދިރާސާއެއްގެ ނަތީޖާއިން ދައްކައިފި އެވެ.

އިންޑިއާގެ ޑޮކްޓަރުންގެ ޓީމަކުން ކުރި އެ ދިރާސާއިން އެނގުނު ގޮތުގައި ދަރިމައިވުމަކީ ހަށިގަނޑުގައި ދައުރުވާ ކެންސަރަށް މަގުފަ ހިކުރުވާ އެންޑޮޖީނިއަސް ހޯމޯންސްގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ހަމައެއާއެކު ގާތުން ކިރުދިނުމާއި ދަރިމައިވުމާ ގުޅިފައިވާ އަންހެނުންގެ ސިއްހަތުގެ އެހެނިހެން ކަންކަމަކީ ވެސް ދިގު މުއްދަތުގައި ކެންސަރު ބަލިން ދުރުވާން އެހީވެދޭ ކަމެކެވެ.

މިކަމުގައި އަންހެނުން އެންމެ ފުރަތަމަ ބަލިވެ އިންނަ އުމުރާއި ހައިޟުވާ އުމުރުގެ އިތުރުން އިއްދައިން ކެނޑޭ އުމުރު ވެސް މުހިއްމު ދައުރެއް އަދާކުރާ ކަމަށް އެ ދިރާސާގައިވެ އެވެ.

އެގޮތުން ހައިޟުވާ އުމުރު އަވަސްވެ، އިއްދައިން ކެނޑޭ އުމުރު ލަސްވުމަކީ ވެސް އުރަމަތީގެ ކެންސަރަށް ހުށައެޅޭ ކަންކަން ކަމުގައި އެ ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިކަންކަމުގެ އިތުރުން ވެސް ކެންސަރު ބައްޔަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ބަރުދަން އިތުރުވުމާއި ކަސްރަތު ނުކުރުން އަދި ސިއްހަތަށް ގެއްލުންހުރި ކާނާ ކެއުން ހިމެނެ އެވެ.