ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން މަގުބޫލުކަން ހޯދި ކަރިސްމާ ކަޕޫރުގެ ޒަވާޖީ ހަޔާތަކީ އަޑިގުޑަންތައް ގިނަ ހަޔާތެކެވެ. 2016 ވަނަ އަހަރު އެ ކައިވެނި ރޫޅުނުއިރު އޭގެ ސަބަބު ވަރަށް ފަހަކާ ޖެހެންދެން ކަރިސްމާ ވަނީ ސިއްރުކޮށްފަ އެވެ.

އެހެން ނަމަވެސް މިއަހަރު ތެރޭގައި މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކަރިސްމާ ވަނީ ސަންޖޭ ކަޕޫރާއެކު ކުރެވުނު ކައިވެނި ރޫޅުނު ސަބަބުތައް ކިޔައިދީފަ އެވެ.

ކަރިސްމާ ބުނީ ކައިވެނި ކޮށްގެން އުޅުނު 13 އަހަރު ތެރޭގައި ސަންޖޭގެ ފަރާތުން ވަރަށް ބޮޑު އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އަނތްބަކަށް ދޭންވާ އިހުތިރާމް ސަންޖޭގެ ފަރާތުން އޭނާއަށް ނުލިބޭ ކަމަށެވެ. އެގޮތުން ސަންޖޭގެ ރައްޓެހިންނާއެކު ރޭކުރަން ކަރިސްމާއަށް މަޖުބޫރު ކުރުވި ކަމަށާއި ރައްޓެހިންގެ މެދުގައި އޭނާ ނީލަން ކިޔާފައިވާ ކަމަށް ވެސް ކަރިސްމާ ބުންޏެވެ.

ހަމައެއާއެކު ބަލިވެ އިން ދުވަސްވަރު ކަރިސްމާއަށް ޖިސްމާނީ އަނިޔާ ކުރަން ސަންޖޭ އޭނާގެ އާއިލާއަށް ހިތްވަރު ދިން ކަމަށް ވެސް ކަރިސްމާ ތުހުމަތުކުރެ އެވެ 2003 ވަނަ އަހަރު ކުލަގަދަ ހަފްލާއެއްގައި ކައިވެނިކުރި ކަރިސްމާއާއި ސަންޖޭއަށް ދެ ކުދިން ލިބުނުއިރު ކައިވެންޏަށްފަހު ދެ ކުދިންގެ ބެލެނިވެރިކަން ލިބުނީ ކަރިސްމާއަށެވެ.