ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ އިތުރު ހަ ބިދޭސީން ހުއްޓުވައިފި އެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން އިތުރު ހަ ބިދޭސީން ހުއްޓުވާފައިވާ ކަމަށެވެ.
އެގޮތުން ރޭގައި ހިންގި އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި ބިދޭސީން ވިޔަފާރިކުރަމުންދިޔަ ހަތަރު ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި އަދި ބިދޭސީ ފަސް ފިރެހެނަކާއި އެއް އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މިދިޔަ މަހުގެ 29 ގައި ފުޅާކޮށް ހިންގަން ފެށި އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 50 އަށްވުރެ ގިނަ ބިދޭސީން ބަންދުކޮށްފަ އެވެ. އެ މީހުން ރާއްޖެ އިން ޑީޕޯޓްކުރަން، އިދާރީ މަސައްކަތްތައް ނިމެންދެން އަދިވެސް ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
ބިދޭސީން ރާއްޖޭގައި ތަފާތު ވިޔަފާރިތައް ކުރަމުން އަންނައިރު އޭގެތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އުޅޭ މައްސަލަ ހައްލު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް ކަމާގުޅޭ އިދާރާތަކުން އަންނަނީ އަޅަމުންނެވެ. އެގޮތުން ނިމިދިޔަ ހަފުތާގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅައިފަ އެވެ.
"ޑެވިލް ވެއާސް ޕްރާޑާ 2"ގެ ޓްރެއިލާ ނެރެފި
ރިފަރެންޑަމާއި އިންތިހާބު ބޭއްވޭނީ 18 އަށް ގާނޫނު ބަދަލުކޮށްގެން
އީފާސް މެދުވެރިކޮށް ތާއީދު ހޯދާ މައްސަލަ ބަލައެއް ނުގަތް
ވަރަށް ރަނގަޅު. އެކަމަކު ފުރަތަމަ ފަށަންވީ ތިކަމެއް ނޫން. ތިޔަހެން ކުދިކުދި ކަންތަކުގައި އުޅޭ މީހުންގެ ފަރާތުން ނުސީދާގޮތެއްގައިވާ މުޖުތަމަޢުއަށްވާ ފައިދާވެސް އެބަހުރި. ބަލައި ހުއްޓުވަންވީ މިމީހުންގެ ނެޓްވޯރކްތައް. ދިވެހީގެ ނަމުގައި ކުރާ ބޮޑެތި ވިޔަފާރި. އިމްޕޯރޓް އެކްސްޕޯރޓް، ކާރގޯ ފްރެއިޓް ފޯރވާރޑިންގް. ޓްރާންސްޕޯރޓްް އެންޑް ލޮޖިސްޓިކް، ކޫރިއަރ ސަރވިސް، ގެސްޓް ހައުސްފަދަ ބޮޑެތި ވިޔަފާރިތަކަށް ބަލަންވީ ފުރަތަމަ.