އަކްޝޭ ކުމާރަކީ ބޮލީވުޑްގައި މިހާރު ހަރަކާތްތެރިވާ އެންމެ ފުންނާބު އުސް ފަންނާނުންގެ ތެރޭގައި ހަމަ ގައިމުވެސް ހިމެނޭ ތަރިއެކެވެ.
އަކްޝޭގެ ދިރިއުޅުމާ ބެހޭ ގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވޭ އިރު ބޮލީވުޑަށް އައުމަށްފަހު އޭނާގެ ނަން ބަދަލުކުރި ވާހަކައަކީ ދޭތެރެ ދޭތެރެއިން މީޑިއާގައި ދެކެވޭ ވާހަކަ އެކެވެ.
ހަބަރުތައް ބުނާ ގޮތުގައި އަކްޝޭގެ އުފަން ނަމަކީ ރާޖީވް ބަޓިއާ އެވެ. އެހެން ނަމަވެސް ބޮލީވުޑްއަށް ވަނުމަށްފަހު ފާދިރީއެއްގެ ލަފާގެ މަތިން އޭނާގެ ނަން ބަދަލުކުރީ އެވެ. އެހެން ނަމަވެސް ދާދި ފަހުން އަކްޝޭ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ މި ހަބަރުތައް ދޮގުކޮށް އޭނާގެ ނަން ބަދަލުކުރި އަސްލު ސަބަބު ކިޔައިދީފަ އެވެ.
އަކްޝޭ ބުނި ގޮތުގައި އޭނާގެ އެންމެ ފުރަތަމަ ފިލްމު "އާޖް"ގެ ލީޑު އެކްޓަރު ކަމަށްވާ ގައުރަވް ކުމާރު އެ ފިލްމުގައި ދައްކުވައިދިން ކެރެކްޓަރުގެ ނަމަކީ "އަކްޝޭ" ކަމަށެވެ.
އެހެންކަމުން އޭނާގެ ފުރަތަމަ ފިލްމު ފާހަގަ ކުރުމުގެ ގޮތުން އޭނާގެ ނަން އަކްޝޭއަށް ބަދަލުކޮށް ފަހަތަށް ކުމާރު ގުޅުވީ ކަމަށް އަކްޝޭ ބުންޏެވެ.
އަކްޝޭ އިތުރަށް ބުނީ ރާޖީވްއަކީ އެ ދުވަސްވަރު އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ފަރާތުގެ ވެސް ނަން ކަމަށާއި އެ ނަމަކީ ވެސް ރީތި ނަމެއް ކަމަށެވެ.
އެހެން ނަމަވެސް ނަން ބަދަލުކުރީ އޭނާގެ ހަޔާތަށް ބޮޑު ބަދަލެއް ގެނެސްދިން ފިލްމެއް ފާހަގަކޮށް އެކަމުގެ ޝަރަފު އެރުވުމުގެ ގޮތުން ކަމަށް އަކްޝޭ ބުނެފައިވެ އެވެ. 1987 ވަނަ އަހަރު މަހޭޝް ބަޓް ޑައިރެކްޓްކޮށް ނެރުނު ފިލްމު "އާޖް"ގައި އަކްޝޭ ފެނިގެންދިޔައީ ވަރަށް ކުޑަ ރޯލަކުން ނަމަވެސް ބެލުންތެރިންގެ ފަރާތުން އޭނާއަށް ބޮޑު ތަރުހީބެއް ލިބުނެވެ.