މޯލްޑިވްސް ފައިނޭންސް ފޯރަމް 2024 ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ. މިއީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފިސް (ޕެންޝަން އޮފީސް) އިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.
ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ބާއްވާ މި އިވެންޓަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ބާއްވާ އަހަރީ ފައިނޭންސް ފޯރަމެވެ. މި އިވެންޓްގައި ރާއްޖޭގެ މާލީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމާ ގުޅޭ އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.
މޯލްޑިވްސް ފައިނޭންސް ފޯރަމް 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ 22 ޖުލައި 2024 ގައި ކުރުނބާ މޯލްޑިވްސްގަ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގެ އަސާސީ ދާއިރާތަކާއި ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ، ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށެވެ.
މެލޭޝިއާއިން 375 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި
ޑްރަގާއި އެކު 4 މީހުން ހައްޔަރުކޮށްފި
ހިޔާ ފްލެޓްގައި ހިނގީ ދެބެންގެ ދެމެދުގެ މާާރާމާރީއެއް