މޭވާ އާއި ތަރުކާރީއަކީ އާއްމު ގޮތެއްގައި ސިއްހަތަށް ފައިދާހުރި ކެއުމުގައި ހިމެނުން އެދެވިގެންވާ ބާވަތްތަކެވެ. އެހެން ނަމަވެސް ހަކުރުބަލި ތަހައްމަލުކުރާ މީހުން ދުރުވާންވީ މޭވާގެ ބައެއް ބާވަތްތައް ހުރެ އެވެ.

ތީނި

ތީނި ނުވަތަ ފިގްއަކީ ވެސް ގިނަ އަދަދަކަށް ހަކުރު އެކުލެވޭ މޭވާ އެކެވެ. ކެއްކުމަށް ވެސް ބޭނުން ކުރެވޭ މި މޭވާގެ އެއް ތަށީގައި ގާތްގަނޑަކަށް 29 ގްރާމްގެ ހަކުރު އެކުލެވެ އެވެ.

އަނބު

އަނބުގެ އެކި ވައްތަރުގެ ތެރެއިން ދޮން އަނބަކީ ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ބާވަތެކެވެ. އެއްތަށީގެ ދޮން އަނބުގައި ގާތްގަނޑަކަށް 23 ގްރާމްގެ ހަކުރު ހިމެނެ އެވެ.

އަލަނާސި

އަލަނާސި އަކީ ވަރަށް ގިނައިން ހަކުރު އެކުލެވޭ މޭވާ އެކެވެ. އެއްތަށި އަލަނާސީގައި ގާތްގަނޑަކަށް 16 ގްރާމްގެ ހަކުރު އެކުލެވިގެންވާކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ކިވީ

ސެލަޑްތަކަށް ރީތި ކުލައެއް ގެނެސްދޭ ހުތް ފޮނި މިމޭވާ އަކީވެސް ހަކުރު ގިނައިން އެކުލެވޭ މޭވާ އެކެވެ. އެއްތަށީގެ ކިވީގައި ގާތްގަނޑަކަށް 16 ގްރާމްގެ ހަކުރު އެކުލެވެ އެވެ.