ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޓޮލީވުޑް ފިލްމު "ޕުޝްޕާ 2" މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކުގައި އަޅުވާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހު ޕުޝްޕާ ފްރެންޗައިޒްގެ ރަސްމީ އެކްސް އެކައުންޓްގައި ބުނެފައިވަނީ އެ ދުވަހު ދުނިޔޭގެ ހުރިހާ ހިސާބެއްގައި "ޕުޝްޕާ 2: ދަ ރޫލް" އަޅުވާނެ ކަމަށެވެ.

މީގެ ކުރިން އެ ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ ފިލްމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށާއި ވަރަށް އަވަަހަށް ބެލުންތެރިންނާ ހަމައަށް ފިލްމު އަންނާނެ ކަމަށެވެ.

ޕުޝްޕާ 2ގެ ޓްރެއިލާ ރިލީޒް ކޮށްފައިވާއިރު އެ ފިލްމަށް އަންނަނީ ބޮޑު ސަމާލުކަމެއް ލިބެމުންނެވެ. ހާއްސަކޮށް ފިލްމުގެ ލީޑު ތަރި އައްލޫ އަރްޖުންގެ ސިފައަށް އައިސްފައިވާ ބަދަލާ ބެހޭ ގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވުނެވެ.

އައްލޫ އަރްޖުންގެ އިތުރުން ރަޝްމިކާ މަންދަނާ އާއި ފަހަދު ފާސިލް މުހިއްމު ރޯލުތަކުން ފެންނަ އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު 6 ގަ އެވެ.

ޕުޝްޕާގެ ފުރަތަމަ ފިލްމު "ޕުޝްޕާ: ދަ ރައިޒް" ވެގެން ދިޔައީ 2021 ވަނަ އަހަރު ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމަށެވެ.