ޖިއޯ ޝިނަމާ އިން ގެނެސްދޭ ރިއަލިޓީ ޝޯ "ބޮގް ބޮސް އޯޓީޓީ 3" ވަނަ ސީޒަންއިން ވިޝާލް ޕާޑޭ ޝޯއިން ކަޓައިފި އެވެ.
މި ހަފްތާގައި ޝޯއިން ބޭރުކޮށްލުމަށް ނޮމިނޭޓްވެފައިވާ ބައިވެރިންނަކީ ލަވްކޭޝް ކަޓަރިއާ، ވިޝާލް ޕާންޑޭ އެވެ.
އަނިލް ކަޕޫރު ހޯސްޓްކުރާ ބިގް ބޮސް އޯޓީޓީ 3 މިހާރު ފަސް ވަނަ ހަފްތާގައި ކުރިއަށްދާއިރު ރޭގެ އެޕިސޯޓްގައި ޝޯއިން ކަޓާފައިވަނީ އެންމެ ގިބަ ބަޔަކު ހީނުކުރި އެއް ބައިވެރިއެއް ކަމަށްވާ ވިޝާލް އެވެ. ވިޝާލް ޝޯއިން ބޭރުވުމުން ޝޯ ބަލާ މީހުންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.
ވިޝާލް ޝޯއިން ބޭރުވީ ބިގްބޮސް ގޭގައި ތިބި ބައިވެރިންގެ ތެރެއިން ވޯޓުލައިގެން އެންމެ މަދު ވޯޓު ލިބިގެންނެވެ. އާންމުނަށް ވޯޓުލުމަށް ހުޅުވާލި ނަމަވެސް މިފަހަރުގެ ސީޒަންގައި ބައިވެރިން ގެއިން ބޭރުކޮށްލުމުގެ ބާރު ގިނަ ފަހަރަށް ލިބިގެންދަނީ ޝޯގައި ބައިވެރިވާ އެހެން ބައިވެރިންނަށެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޝޯ އުފައްދާ ފަރާތްތައް ވަނީ އަމާޒުވެފަ އެވެ.
ޝޯ އިން ވިޝާލް ކަޓައިގެން ދިޔަ އިރު އޭނާގެ ފަރާތުން ފެނުނު ބައެއް އަމަލުތަކާ ދޭތެރޭ ހިތްހަމަނުޖެހިގެން، ޝޯގެ ހޯސްޓް އަނިލް ކަޕޫރު ވެސް ވަރަށް ބޮޑަށް ވިޝާލަށް ކުރިން ނަސޭހަތްތެރިވެފައިވެ އެވެ.
ވިޝާލްގެ ކުރިން މިޝޯއިން ވަނީ ޝިވާނީ ކުމާރީ ކަޓައިގެން ގޮސްފަ އެވެ.
މިފަހަރުގެ ޝޯ ކުރިއަށް ގެންދާ ގޮތާއި މެދުގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ވީކެޓް ވާރުގައި އަނިލް ކަޕޫރު ވަކި ބައެއްގެ ދިފާއުގައި އަބަދު ވާހަކަ ދައްކާތީ ގިނަ ބަޔަކު އަނިލް ކަޕޫރަށްވެސް އަންނަނީ ފާޑުކިޔަމުންނެވެ.
ވިޝާލް "ބިގް ބޮސް އޯޓީޓީ 3" އިން ކަޓައިގެން ދިޔަ އިރު ޝޯގައި ދެމިތިބި ބައިވެރިންނަކީ މިހާރު ލަވްކޭޝް އާއި ޝިވާނީ އާއި ޝަނާ އާއި އަރްމާން މާލިކް އާއި ކްރިތިކާ އާއި ރަންވީރު ޝޯރޭ އާއި ނައީޒީ އަދި ސައި ކެޓަން ރާއޯ އެވެ.