މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އޭނާގެ ލޯބިވެރިޔާ ބެނީ ބްލޭންކޯއަށް ހާއްސަކޮށް ވަރަށް ލޯބި މެސެޖެއް އާއްމުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ސެލީނާ އާއްމުކުރި އެ ޕޯސްޓުގައި އެ ދެމީހުން އެކުގައި އެކި ތަންތަނުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް ހިމެނެ އެވެ.

އެއާއެކު ސެލީނާ ވަނީ އޭނާގެ ދިރިއުޅުމުގެ ހިއްސާއަކަށް ވީތީ ބެނީއަށް ޝުކުރު އަދާކޮށް ބެނީއަކީ އޭނާގެ ދިރިއުޅުމުގެ މުހިއްމު ބައެއް ކަމަށް ބުނެފަ އެވެ.

https://www.instagram.com/p/C91GWhDRIkt/?igsh=NTJsbHlnZWU0Nnls

ހޮލީވުޑްގެ ޕްރޮޑިއުސަރެއް ކަމަށްވާ ބެނީއާއި ސެލީނާ ލޯބީގެ ގޮތުން ގުޅިގެން ގުޅޭކަން އެ ދެމީހުން އާއްމުކޮށް އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 2023ގަ އެވެ.

ސެލީނާ ވަނީ އޭނާއާއި ބެނީގެ ގުޅުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އެކި ފަހަރު މަތިން ވާހަކަ ދައްކާފަ އެވެ. ބެނީ ވެސް ބައެއްފަހަރު ސެލީނާގެ ފޮޓޯތައް އާއްމުކުރެ އެވެ.

ދާއިރާގެ މަސައްކަތްތަކަށް ބަލާލާއިރު އެންމެ ފަހުން ނެރުނު ސެލީނާގެ ލަވައަކީ މިއަހަރު އާއްމުވި "ލަވް އޮން" އެވެ. އެ ލަވައަކީ އެމެރިކާގެ ޗާޓުތަކުގައި މަޝްހޫރުވި ލަވަ އެކެވެ.