ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގައި ބޮލީވުޑުން މަޝްހޫރުކަން ހޯދި އެކްޓަރެއް ކަމަށްވާ ދިލިޕް ކުމާރުގެ ގެ ރެކޯޑު އަގަކަށް ވިއްކާލައިފި ކަމަށް ހަބަރުތައް ބުނެފި އެވެ.

މުމްބާއީގެ އެންމެ އަގުބޮޑު ސަރަހައްދު ކަމަށްވާ ބެންޑްރާގައި ހުންނަ ބަންގްލޯ ސްޓައިލްގެ ގެއަކީ މޫދަަށް ކުރިމަތިވާ ގޮތަށް އިމާރާތް ކޮށްފައިވާ އަގުބޮޑު ގެއެކެވެ.

އެހެން ނަމަވެސް ދާދި ފަހުން އެ ގެ ވަނީ އަލުން މަރާމާތު ކޮށް އެޕާޓްމަންޓް ކޮމްޕްލެކްސްއަކަށް ހަދައި ކުއްޔަށް ދޫކުރަން ފަށާފަ އެވެ. ޖުމްލަ 11 ފަންގިފިލާއަށް އިމާރާތް ކޮށްފައިވާ އެގެއަކީ 9،572 އަކަފޫޓުގެ ކާޕެޓް އޭރިއާއެއް އެކުލެވޭ ބޮޑު ގެއެކެވެ.

ހަބަރުތައް ބުނާ ގޮތުގައި އެޕްކޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކޮންސްޓްރަކްޝަން ކުންފުންޏަކުން އެ ގެ ގަނެފައިވަނީ ކޮންމެ އަކަފޫޓަކަށް 1.81 ކްރޯޑުގެ މަގުން ޖުމްލަ 172 ކްރޯޑް ރުޕީސްގެ ރެކޯޑު އަގަކަށެވެ.

2021 ވަނަ އަހަރު ދިލިޕް މަރުވުމަށްފަހު އެގޭގެ މިލްކުވެރިޔަކީ އޭނާގެ އަންހެނުން ސައިރާ ބާނޫ އެވެ. މިދިޔަ އަހަރު ސައިރާއަށް ރަސްމީ ގޮތުން ގޭގެ މިލްކުވެރިކަން ލިބުނުއިރު އެ ގެ ވިއްކާލަން އޭނާ ނިންމީ މިއަހަރު އެވެ.