އިސްލާމީ ގައުމުތަކަކީ މުސްލިމުންނަށް ވެސް ރައްކާތެރި އަމާން ގައުމުތަކެއް ނޫން ކަމަށް ބޮލީވުޑްގެ ކުރީގެ އެކްޓަރު އަދި ބީޖޭޕީގެ މަޖިލިސް މެމްބަރު ކަންގަނާ ރަނޯޓް ބުނެފި އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ކަންގަނާ ވަނީ ހިންދޫންނަށް ފާޑުކިޔާ މީހުންނަށް ރައްދު ދެމުން ކަންގަނާ ބުނެފައިވަނީ އިސްލާމީ ގައުމުތަކުގައި އެގައުމުގެ އަމިއްލަ ރައްޔިތުންނަށް ވެސް ރައްކާތެރިކަން ނޯންނަ ކަމަށެވެ.

އެގޮތުން ކަންގަނާ ވަނީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ އިތުރުން ބަންގްލަދޭޝްގެ ދާޚިލީ މަޝްރަހު މިސާލެއްގެ ގޮތުގައި ދައްކާފަ އެވެ.

ކަންގަނާ މިހެން މި ބީދައިން ވާހަކަ ދައްކާފައި މިވަނީ ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކާއެކު އެގައުމުގެ ބޮޑު ވަޒީރު ޝައިހް ހަސީނާ ބަންގްލަދޭޝްއިން ފިލައި އިންޑިއާއަށް އައުމުންނެވެ.

"ބަންގްލަދޭޝްގެ ބޮޑުވަޒީރަށް އިންޑިއާގައި އަމާން ކަމާއި ރައްކާތެރިކަމުގެ އިހުސާސް ކުރެވޭތީ އުފާވެ އެކަމާ ފަހުރުވެރިވޭ" ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާ އިތުރަށް ބުނެފައިވަނީ އިންޑިއާއަކީ އެ ގައުމު ހިމެނޭ ސަރަހައްދުގެ ހުރިހާ އިސްލާމީ ގައުމުތަކުގެ އަސްލު ކަމަށާއި އެ ގައުމުތައް އުފެދިފައިވަނީ އިންޑިއާ ނަސްލުން ކަމަށެވެ.

ހިމާޗަލް ޕްރަދޭޝްގެ މަންޑީގެ ގޮނޑި ކާމިޔާބުކޮށް އިންޑިއާގެ މަޖިލީހުގައި ހައްދު ފަހަނައަޅާފައިވާ ބީޖޭޕީ ތަމްސީލު ކުރަމުން އަންނަ ކަންގަނާއަކީ ހައްދު ފަހަނައަޅާފައިވާ މީހެއްގެ ގޮތުގައި ހިންދޫން ވެސް ފާހަގަކުރާ މައްސަލަ ބޮޑު މީހެކެވެ.