އާސަންދައިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އީވް ކްލިނިކް ސަސްޕެންޑުކޮށްފި އެވެ.
އާސަންދައިގެ އޮފިޝަލަކު ވިދާޅުވީ އީވް ކްލިނިކް ސަސްޕެންޑުކުރީ މައްސަލަ ބަލައި ނިމެންދެން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އީވް ކްލިނިކުން އާސަންދަ ސްކީމްގެ ދަށުން ހިދުމަތްދިނުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށާއި އެކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.
"މައްސަލަ ބެލީމަތާ އެނގޭނީ ކޮންހަކަލަ ކަންތައްތަކެއްތޯ އުސޫލާ ހިލާފަށް ކޮށްފައި އޮތީ. ތުހުމަތު ކުރެވޭ މިންވަރަށް ކަންތައްތަކެއް ފާހަގަވެފައި އޮތީމަ މައްސަލަ މި ބަލަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އީވް ކްލިނިކަށް އާސަންދަ ދިނުން ހުއްޓާލީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެހެންކަމުން އެ ކްލިނިކުން ހިދުމަތް ހޯދާ އެއްވެސް މީހަކަށް އާސަންދައިގެ ދަށުން ލިބޭ އެއްވެސް މަންފާއެއް ނުލިބޭނެ އެވެ.
މަކަރުހަދައިގެން އާސަންދައިން އިތުރަށް ފައިސާ ނަގާތީ އާސަންދައިން މީގެކުރިން ވެސް ބައެއް ކްލިނިކްތައް ސަސްޕެންޑުކޮށްފައިވެ އެވެ. އޭގެތެރޭގައި ޔޫރޯ މެޑިކަލް ކެއާ، ޑރ. ފިލް ފާމަސީ އަދި ސްޓެމް ސެންޓަރު ހިމެނެ އެވެ.
މިދިޔަ ޖެނުއަރީ މަހު ސަސްޕެންޑުކުރި އެ ތަންތަނުގެ މައްސަލަތައް ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިފަހަރު 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް: އީސީ
ކަޕޫރު އާއިލާއިން ރިޝީގެ ނަން ކޮޕީރައިޓް ކޮށްފި
ރާއްޖެެއަށް ދަތުރުކުރާ އެއާލައިންތަކުން ޓިކެޓް އަގު ބޮޑުކޮށްފި
