ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އެ ދާއިރާއަށް އަލަށް ތައާރަފްވި ފިލްމު، "މެއިނޭ ޕްޔާރް ކިޔާ" އަލުން ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.
ރާޖްޝްރީ ޕްރޮޑަކްޝަންސްގެ އުފެއްދުމެއް ކަމަށްވާ "މެއިނޭ ޕްޔާރް ކިޔާ" އަލުން ސިނަމާތަކުގައި އަޅުވަން ނިންމާފައިވަނީ އެ ފިލްމަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި މި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ.
އެ ކުންފުނިން އާއްމުކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ "މެއިނޭ ޕްޔާރް ކިޔާ"ގެ ޖާދޫ އަލުން ސިނަމާތަކަށް އަންނަން ތައްޔާރުވެފައިވާ ކަމަށެވެ.
އެއާއެކު އިންޓަނެޓުގައި އެ ޕޯސްޓު ވައިރަލްވިއިރު ގިނަ ބަޔަކު ވަނީ އެ ފިލްމު ސިނަމާތަކުގައި އަލުން ބަލާލުމުގެ ފުރުސަތު ލިބޭތީ އުފާ ފާޅުކޮށްފަ އެވެ.
ސަލްމާން ޚާންގެ އިތުރުން ބާގްޔަޝްރީ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ 1989 ވަނަ އަހަރު ރިލީޒް ކުރެވުނުއިރު ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.
އެ ފިލްމާއެކު ސަލްމާންއަށް ބޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ލިބުނުއިރު އެ ފިލްމަކީ މިއަދާ ޖެހެންދެން ވެސް އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ.

ސައޫދީ އެއާ ބޭސް ހަމަލާގައި އެމެރިކާގެ 5 ބޯޓަށް ގެއްލުންވި
ނުވަ ކުރޫޒް ލައިނާއަކުން 15،000 ފަތުރުވެރިން އަތުވެއްޖެ
މިފަހަރު 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް: އީސީ