ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖެނިފާ ލޮޕޭޒްއާއި ބެން އެފްލިކް ވަރިވާން އުޅޭކަމަށް އަޑު ފެތުރޭތާ މަސްތަކެއް ފަހުން ޖެނިފާ ރަސްމީކޮށް ވަރިއަށް ހުށައަޅައިފި އެވެ.

އޭނާ ވަރިވާން ހުށަހެޅީ ކައިވެންޏަށް ދެ އަހަރު ފުރުނު ދުވަހު އެވެ.

މީޑިއާއަށް ލީކުވެފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ވަކީލެއްގެ އެހީއާނުލާ ޖެނިފާ ވަރިއަށް ހުށައަޅާފައި ވަނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ޖެނިފާ ވަރިއަށް ހުށައަޅާފައިވަނީ އޭނާއާއި ބެންގެ ކައިވެންޏަށް ދެ އަހަރު ފުރުނު އަހަރީ ދުވަހު ކަމަށް ވުމެވެ. އެ ދެމީހުން ކައިވެނި ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް 20 ގަ އެވެ.

ޖެނިފާއާއި ބެންގެ ކައިވެންޏަކީ ބެންގެ ދެވަނަ ކައިވެންޏަށްވާއިރު އެއީ ޖެނިފާގެ ހަތަރުވަނަ ކައިވެންޏެވެ. އެހެން ކަމުން މި ވަރިއާއެކު އެ ދެމީހުންގެ ރޫޅިފައިވާ ކައިވެނިތަކަށް ބޮޅެއް އިތުރުވީ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖެނިފާއާއި ބެންގެ ކައިވެނި ރޫޅެން މެދުވެރިވީ އެ ދެމީހުންގެ މެދުގައި ޖެހުނު މާލީ މައްސަލަތަކެއްގެ ސަބަބުންނެވެ.

އެހެން ނަމަވެސް އެ ދެމީހުންގެ ކައިވެނީގެ އެގްރީމެންޓެއް ނެތުމާއެކު ދެ މީހުންގެ މިލްކިއްޔާތު ވެސް ބަހަން ނުޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.