ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ ކަމަށް ރެކޯޑު ކުރެވިފައިވާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ މަރިއާ ބްރާންޔަސް މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
އެ އާއިލާއިން އެކްސްގައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަރިއާ މަރުވީ އޭނާ އަބަދުވެސް ބޭނުންވި ގޮތަށް ނިދާފައި އޮއްވާ އެއްވެސް އުނދަގުލަކާ ނުލާ ކަމަށެވެ.
މަރުވުމުގެ ދުވަސްތަކެއް ކުރިން އޭނާ ވަރަށް އަވަހަށް މަރުވާނެ ކަމަށާއި ހަޔާތުގެ ދިގު ދަތުރު ނިމެން އުޅޭ ކަމަށް މަރިއާ ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.
ރެެކޯޑުތަކުން އެނގޭ ގޮތުގައި މަރިއާ މަރުވިއިރު އޭނާގެ އުމުރަކީ 117 އަހަރެވެ. މިއީ އޭނާ މަރުވުމާ ހަމައަށް ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާ އެވެ.
ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ލަގަބު މަރިއާއަށް ލިބުނީ ކުރިން އެ ލަގަބު އޮތް ފްރާންސްގެ ލުސިލް ރެންޑަން އުމުރުން 118 އަހަރުގައި މިދިޔަ އަހަރު މަރުވުމުންނެވެ.
މަރިއާގެ މަރާއެކު ދެން ދުނިޔޭގައި ހުރި ހުރި އެންމެ ދުވަސްވީ މީހާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ޖަޕާނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 116 އަހަރުގެ ޓޮމިކޯ އިޓޫކާ އެވެ.