ޓިކްޓޮކްގައި މަޝްހޫރު ބައެއް ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ނޭޕާލްގެ އަންހެނެއް ކަމަށްވާ ރަޖަނީ ޝްރެސްތާ، މާލޭ ގައި ހިންގަމުންދިޔަ ބިއުޓީ ސެލޭން ހުއްޓުވާ އޭނާއާ މުވައްޒަފުން ޑީޕޯޓް ކޮށްލައިފި އެވެ.
ދިވެހީން އޭނާ ދަންނަނީ ރިޒްގެ ނަމުންނެވެ. ދިވެހި ބަހުން ފަރިތަ ކޮށް ވާހަކަ ދައްކާ ދިވެހީންގެ ގިނަ ބަޔަކާ ގުޅުން އޮންނަ ރިޒް ދިޔައީ ސެލޫން ހުޅުވާ އެތަން ޓިކްޓޮކްގައި އިސްތިހާރު ކުރަމުންނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއް ގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ރަޖަނީ ޝްރެސްތާއާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގާފައިވާ ކަމަށެވެ.
އޭނާ އަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ ވިސާގެ ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހެއް ކަމަށާއި އޭނާއާ އޭނާގެ ހަތަރު ބިދޭސީ މުވައްޒަފުންގެ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސް އޮގަސްޓު 13 ވަނަ ދުވަހު އެ މީހުން ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިސްލާމް ދީން ގަބޫލު ކުރާނަންތޯ އެހުމުން ގައުރީ ބުނީ ކީކޭ؟
ރަމަޟާން 2026: ފަހު ދިހައިގެ އަޅުކަމަށް ތައްޔާރު ތަ؟
ވެމްކޯއިން މުވައްޒަފުންނަށް މުސާރަ ދިނުން ލަސްކުރާ މައްސަލައެއް