މިއަދު ބޭއްވި ހއ. މާރަންދޫ ކައުންސިލްގެ ބައި އިލެކްޝަން ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.
މާރަންދޫ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވަން މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސައްތާރެވެ.
މިއަދު ބޭއްވި ބައި-އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބުކުރެއްވީ 35 ވޯޓުގެ ތަފާތަކުންނެވެ. އޭނާއަށް 285 ވޯޓު ލިބުނެވެ. އަދި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދަށް ލިބުނީ 250 ވޯޓެވެ.
މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަނުގައި ވޯޓުލައިފައި ވަނީ ޖުމްލަ 560 މީހުންނެވެ. އޭގެތެރެއިން 25 ވޯޓު ވަނީ ބާތިލްވެފަ އެވެ.
މާރަންދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާފައި ވަނީ އެ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރަމީޒު ނިޔާވުމުންނެވެ.
މާރަންދޫ ކައުންސިލްގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ ތިން ކައުންސިލަކާއި އަމިއްލަގޮތުން އިންތިހާބުވެވަޑައިގެންފައިވާ ކައުންސިލްގެ ރައީސެވެ.
ދިރާގު ފޯރި ލަކީޑްރޯގައި ބައިވެރިވެގެން 65 އިންޗީގެ ސްމާޓް ޓިވީއެ
ކޮންގޯ އިން ޕޯޗުގަލް ހިފަހައްޓައިފި
"ނިއުސެލިކް އެސިޑް ޓެސްޓް" ކުރަން ފަށަނީ
