ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒްގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް، އައްބާސް އައްޔަން ކުރައްވާފައިވަނީ ގާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.
އައްބާސް އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަގާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަގާމާއި މޯލްޑިވްސް އިންޓާނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީގެ ގަވާނިން ބޯޑުގެ މެންބަރުކަން ހިމެނެ އެވެ.
އޭގެ ކުރިން އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުގެ މަގާމާއި އަދި ގާނޫނީ ދާއިރާގެ އެކިއެކި މަގާމުތައް ހިމެނެ އެވެ. އައްބާސް ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލަ އޮފް ލޯ ހާސިލުކުރައްވާފަ އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އައްބާސްއަށް މަގާމުގެ ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާން އެވެ.
ދަރްމެންދްރާއަށް އިންޑިއާގެ ދެވަނައަށް އެންމެ ޝަރަފުވެރި އެވޯޑް!
ދިވެހިންގެ އީދު ބޮޑު މަސް: އެހާރާއި މިހާރު!
2039 ވަނަ އަހަރު މުސްލިމުންނާ 3 އީދު ބައްދަލު ކުރާނެ!