މާދަމާ ރޭ އޮންނަ "އެމެރިކާސް ގޮޓް ޓެލެންޓް" ސީޒަން 19ގެ ހިތްގައިމު ފިނާލޭއަށް ތައްޔާރުވަމުން އަންނައިރު، މި ޝޯގެ ސަޕޯޓަރުން ވެސް ތިބީ ވަރަށް ބޮޑު އިންތިޒާރީއެއްގަ އެވެ.

ގިނަ އިންތިޒާރު ކުރަމުން އައި ވަގުތުގެ އެންމެ ސިކުންތެއް ވެސް ގެއްލުވާލާކަށް ބޭނުމެއް ނުވާނެ އެވެ. ހިޓްސް ނައު (އެމްއެސް ޓީވީ ޗެނަލް 800 އަދި އެމްޓީވީ ޗެނަލް 500) އިން މި ހިތްގައިމު ޝޯ ފެންނާނެ އެވެ.

ފައިނަލިސްޓުންނާ ބައްދަލުކުރުން:

އެމެރިކާސް ގޯޓް ޓެލެންޓް ސީޒަން 19 ގެ ފައިނަލިސްޓުންގެ ތެރޭގައި ހިމެނެނީ ޖަޕާނުގެ އެއާ ޑާންސް ގްރޫޕެއް ކަމަށްވާ އެއާފުޓްވޯކްސް ހިމެނެ އެވެ. އަދި ސިޑްނީ ޑާންސް އެކްޓެއް ކަމަށްވާ ބްރެންޓް ސްޓްރީޓް އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޑީޑީ ސައިމަން. ހަކުނާ މަޓާޓާ އެކްރޮބެޓިކް ގްރޫޕް ވެސް ހިމެނެ އެވެ. މީގެ އިތުރުން ކޮމީޑިއަން ލާންމޯ ޖޮނާސީ. ރިޗަޑް ގުޑަލް، ދަ ސިންގިން ޖެނިޓާ. ޑޯގް ޑާންސް ޑުއޯ ރޯނީ އެންޑް ރިދަމް. އޭރިއަލިސްޓުން ކަމަށްވާ ސެބަސްޓިއަން އަދި ސޯނިއާ. ޑްރޯން އިން ސްކައި އެލިމެންޓްސް ދައްކާލާއިރު ޖާދޫގަރު ސޮލޭންޖް ކާޑިނާލީ ވެސް އެވެ. އެއިން ކޮންމެ މީހަކީ ވެސް ނުހަނު ހުނަރުވެރި، އަދި ގޯލްޑަން ބަޒާސް ހޯދަމުން އަންނަ ތަރިއެކެވެ.

މި ދަތުރަށް އަދި އެހިސާބުން ނިމުމެއް އައީއެއް ނޫނެވެ. މި މަހުގެ 26 ވަނަ ދުވަހު ރިޒަލްޓް ފިނާލޭ އަށް އިންތިޒާރުކޮށްލައްވާށެވެ. އެމެރިކާގެ ހިތްތައް އަތުލައި، ސީޒަން 19 ގެ ޗެމްޕިއަންކަން ހޯދާނީ ކާކުކަން އެ ދުވަހު އެނގޭނެ އެވެ. މި ޝޯގެ ނަސީބުވެރިޔާއަށް އެއް މިލިއަން ޑޮލަރުގެ ބޮޑު އިނާމެއް ލިބެ އެވެ.