ޕީއެންއެފްއަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެންފި އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަތުމުން މި ރަށު އެއާޕޯޓުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ރައީސް ޔާމީން މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެން އެއާޕޯޓުގައި ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. ފޮޓޯ: އަބްދުﷲ މުހައްމަދު | ހުރިހާ

ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަތުމުން ކުރީގެ ޕީޕީއެމްގެ މެމްބަރުންނާއި ޕީއެންއެފްގެ މެމްބަރުންގެ އިތުރުން ރައީސް ޔާމީނަށް ތާއީދުކުރާ އެތައް ސަތޭކަ މީހުން މަރުހަބާ ކިޔުމަށް އެއާޕޯޓަށް އެއްވެ، ދިގު ކިޔޫއެއް ހަދައިގެން ތިއްބެވެ.

ޕީއެންއެފް އިން ބުނިގޮތުގައި މި ދަތުރުފުޅުގައި ފުވައްމުލަކުގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ރައީސް ޔާމީން މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. ފޮޓޯ: އަބްދުﷲ މުހައްމަދު | ހުރިހާ

މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ޖަގަހައިގައި ޓައުން ހޯލް ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް ޔާމީން އެންމެ ފަހުން ފުވައްމުލަކަށް ވަޑައިގަތީ 2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކެމްޕޭން ދަތުރުފުޅެއްގަ އެވެ.