މާލޭގެ ގެއެއްގެ ކުޑަދޮރުގެ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މާފަންނު، ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ ހަ ވަނަ ފްލޯގެ ދޮރުގެ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓިފައިވާ ކަމަށް މިރޭ 19:12 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެންދިޔަ ވަގުތު އެ ސައިކަލްގައި އިން މީހެއްގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ގޮސް އެ މީހާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އެ ސައިކަލަކީ އެވަގުތު އެތަނުގައި ޕާކްކުރަން އުޅުނު ސައިކަލެއް،" ފުލުހުން ބުންޏެވެ.
އަނިޔާވި މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ. އެއީ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އީރާނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ވޯލްޑް ކަޕްގައި އީރާނަށް ކުޅެވޭނެ، އެއްވެސް ހުރަހެއް ނެތް: ރޫބިއޯ
ގަލަފް ސަރަހައްދުގަ 40 އަށްވުރެ ގިނަ އުޅަނދު ތާށިވެފައި
