ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެންމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް، ބަންދު މުއްދަތު ޖަހާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ، ވެހެތާނުގޭ އަބްދުﷲ ސޯދިގުގެ އެވެ.
މިދިޔަ ހޯމަ ދުވަހު ސްރީ ލަންކަން އެއާލައިންސުން އަބްދުﷲ ސޯދިގު ރާއްޖެ އައުމުން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 349 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވެ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ބުދަ ދުވަހު ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓަކާއި ޕޯސްޓް ޕެކޭޖަކުން ވެސް މަސްތުވާތަކެތި ފެނިފައިވެ އެވެ.
ބިދޭސީ މީހާ މަރުވި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ހެރީގެ ކޮންސެޓުތަކުގެ އަގުބޮޑުވާ މައްސަލަ ހޫނުވެއްޖެ
ބީއެލްއެލްގެ އަގުހެޔޮ ފްލެޓުތައް 2028 ގައި ދޫކުރާނެ
