ބޮލީވުޑްގެ ކާމިޔާބު ތަރި ޕަރިނީތީ ޗޯޕްރާއާއި އޭނާގެ ފިރިމީހާ ރާގަވް ޗައްދާގެ ކައިވެނީގެ ފުރަތަމަ އަހަރީ ދުވަސް ދިވެހި ރާއްޖޭގައި ފާހަގަ ކުރަމުން އެބަދެ އެވެ.
ޕަރިނީތީއާއި ރާގަވް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައިކަން ނޭނގުނު ނަމަވެސް އެ މީހުން ތިބީ ރާއްޖޭގައި ކަން އެނގެނީ އެ ދެމީހުން ވެސް ހިއްސާކުރި ފޮޓޯތަކުންނެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ޕަރިނީީތީ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަށް ކައިވެނި ކުރެވުނީ ދުނިޔޭގައި ހުރި އެންމެ ފުރިހަމަ އިންސާނާއާ ކަމަށާއި އެކަމާ ޝުކުރުވެރިވާ ކަމަށެވެ.
"އަހަންނަށް ތިޔަހާ ފުރިހަމަ މީހަކު ލިބުން ހައްގުވާންވީ ކީއްވެގެން ކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގޭ." ޕަރިނީތީ ބުނެފައިވެ އެވެ.
ޕަރިނީތީއާއި ރާގަވް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނައިރު އެ މީހުން އެ ޗުއްޓީއަށް އައީ މީޑިއާއަށް ނޭނގި ވަރަށް ސިއްރުންނެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ރާގަވްއާއި ޕަރިނީތީ ކައިވެނިކުރީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ
ކުޑަކަމުދާ ތަކެތީގެ ކުލަ ސާފުކޮށް ހުރުމަކީ މޮޅު ކަމެއް ނޫން!
ހިތުގެ ދުޅަހެޔޮ ކަމަށް ހެނދުނުގެ 5 އާދައެއް!
މުޒާހަރާ އިން ހައްޔަރުކުރި ލޫކަސް އާއި އިތުރު ދެ މީހަކު ބަންދު