ނެޓްފްލިކްސްގެ ކާމިޔާބު ސީރީޒް "އެމިލީ އިން ޕެރިސް" ފަސްވަނަ ސީޒަނަކަށް އާކުރެވި އެ އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕްރޮޑިއުސަރުން ބުނެފި އެވެ.

އެ ޝޯގެ ޕްރޮޑިއުސަރެއް ކަމަށްވާ ޑަރެން ސްޓާ ބުނީ ބެލުންތެރިންގެ ފަރާތުން ޝޯގެ ފުރަތަމަ ހަތަރު ސީޒަނަށް ލިބުނު ތަރުހީބަކީ ފާހަގަކޮށްލަން ޖެހޭ ވަރުގެ ތަރުހީބެއް ކަމަށެވެ.

"އެމިލީ އިން ޕެރިސް"އަކީ އެމެރިކާއަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ އެމިލީ ކޫޕާ ފްރާންސްގެ ޕެރިސްއަށް ދިރިއުޅުން ބަދަލު ކުރުމަށްފަހު އޭނާގެ ހަޔާތަށް އަންނަ ބަދަލުތައް ދައްކުވައިދޭ ޝޯ އެކެވެ.

އެ ޝޯގެ ހަތަރުވަނަ ސީޒަން ނިމުނުއިރު އެމިލީ (ލިލީ ކޮލިންސް) ވަނީ އޭނާގެ އޮފީހުގެ އިތުރު ގޮތްޕެއް ހުޅުވުމަށްޓަކައި އިޓަލީގެ ރޯމްއަށް ބަދަލުވެފަ އެވެ. ކަން އެހެން އޮތް ނަމަވެސް ޝޯގެ ނަން ބަދަލު ނުވާނެ ކަމަށް ޕްރޮޑިއުސަރުން ބުނެ އެވެ.

އެހެން ކަމުން ފަސްވަނަ ސީޒަންގައި ފެނިގެންދާނީ ރޯމްގައި އޭނާއަށް ދިމާވާ ކަންކަމާއި އިޓަލީގެ ފެޝަން ޑިޒައިނަރެއް ކަމަށްވާ މާސެލޯއާއެކު އުފެދޭ ލޯބީގެ ގުޅުމުގެ ވާހަކަ ކަމަށް ބެލެވެ އެވެ.

މިދިޔަ އޮގަސްޓް މަހު ރިލީޒް ކުރެވުނު "އެމިލީ އިން ޕެރިސް"ގެ ސީޒަން 4 ވެފައިވަނީ ނެޓްފްލިކްސްގެ "ގްލޯބަލް ޓޮޕް ޓެން"ގެ އެއްވަނަ ޖާގައިގައި އޮތް ސީރީޒް އަކަށެވެ.

އެ ސީޒަން ރިލީޒްކުރިތާ އެންމެ ހަތަރު ދުވަހުގެ ތެރޭގައި 19.9 މިލިއަން ވިއުސް ލިބިފައިވާއިރު އަދިވެސް އެ ޝޯ އޮތީ ގަދަ ހަތަރެއްގަ އެވެ.