މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ލޯބީގެ ހަޔާތް ދައްކުވައިދޭ "ކްރިސްމަސް އިން ސްޕޮޓްލައިޓް" އަންނަ މަހުގެ 23 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިއްޖެ އެވެ.

މި ފިލްމަކީ ޓޭލާއާއި އޭނާގެ ލޯބިވެރިޔާ ކަމަށްވާ ފުޓުބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސްގެ ލޯބި ދައްކުވައިދޭ ރަސްމީ ފިލްމަކަށް ނުވި ނަމަވެސް އެ މީހުންގެ ހަޔާތާއި ފިލްމުގެ ވާހަކައާ ވަރަށް ބޮޑު ގުޅުމެއް އޮވެ އެވެ.

އެގޮތުން"ކްރިސްމަސް އިން ސްޕޮޓްލައިޓް"ގައި ވެސް ދައްކުވައިދެނީ މަޝްހޫރު ލަވަކިޔުންތެރިޔަކާއި ކުޅިވަރު ޝަހްސިއްޔަތެއްގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމެކެވެ.

އެ ފިލްމުގެ ތެރެއިން އެ ދެމީހުން ލޯބީގެ ގޮތުން ގުޅުމަށްފަހު އާއްމުންނާއި މީޑިއާގެ ފަރާތުން ކުރިމަތިވާ ފިއްތުންތަކާއި ގޮންޖެހުންތައް ވެސް ފެނިގެންދެ އެވެ.

ލެއިތު ވޯލްޝްލެގާއި ޖެސިކާ ލޯޑް މުހިއްމު ރޯލުތަކުން ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ފެނިލުން މިހާރު ވަނީ އާއްމުންނަށް ދޫކޮށްލާފަ އެވެ.

ޓޭލާއާއި ޓްރޭވިސްގެ ގުޅުންވެސް ފެށިގެންދިޔައީ ޓޭލާގެ ކޮންސެޓަކަށް ދިއުމަށްފަހު އޭނާއާ ޝައުގުވެރިވާ ކަމަށް ޓްރެވިސް އޭނާގެ ޕޮޑުކާސްޓެއްގައި ބުނުމުންނެވެ.