ކެއުމުގައި ހަނޑޫ ނުވަތަ ފުށުން ހަދާފައިވާ ކެއުންތައް ހިމަނަން ބޭނުންވޭ ހެއްޔެވެ؟ ބަތް، ރޮށި ނުވަތަ ޕާސްތާއާ ނުލާ ކެއުމެއް ފުރިހަމަ ނުވާ ކަމަށް އިހުސާސް ކުރެވޭ ހެއްޔެވެ؟
ކެއުމުގައި ކާބޮހައިޑްރޭޓްސް ނުވަތަ "ކާބްސް"ގެ ބާވަތްތައް ހިމަނަން ގިނަ ބަޔަކު ބޭނުންވާ ސަބަބު ސައިންސްވެރިން މިހާރު ވަނީ ހޯދާފަ އެވެ.
ދާދި ފަހުން ސައިންސްވެރިން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި ކެއުމުގައި ސްޓާޗީ ފުޑްސް ނުވަތަ ކާބްސް ހިމަނަން ބޭނުންވަނީ މީގެ އެތައް ހާސް އަހަރެއް ކުރިން މިއުޓޭޓް ވެފައިވާ ޑީއެންއޭ އެއްގެ ސަބަބަބުންނެވެ.
މި ޖީންއަކީ އަނގައިގައި ސްޓާޗް ނުވަތަ ކާބްސްގެ ރަހަ ގެނުވައިދޭ ކުޅު އުފެއްދުމަށް އެހީވެދޭ ޖީން އެކެވެ. އަހަރުތަކުގެ ތެރޭގައި މި ޖީންގެ ބާރުގަދަވެ ކާބްސްގެ ރަހަ ކެއުމުގައި ހިމަނަން ބޭނުންވަނީ އެވެ.
މިއީ ހަނޑޫ ފަދަ ކާބްސްގެ ބާވަތްތައް ހައްދަން ފެށުމުގެ ވެސް މާ ކުރިން އިންސާނުންގެ ހަށިގަނޑުގައި މިއުޓޭޓް ވެފައިވާ ޖީންއެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.
ކާބޮހައިޑްރޭޓްސްއަކީ މިނަށްވުރެ ގިނައިން ބޭނުންކުރާ ނަމަ ބަރުދަން އިތުރުވެ ހަށިގަނޑަށް އެހެނިހެން ގެއްލުންތައް ވެސް ދޭ މާއްދާއެއް ކަމަށް މާހިރުން ބުނެ އެވެ.
އެންމެ ރަނގަޅު ގޮތަކީ ޕްރޮޓީންސް، ފެެޓްސް އަދި ކާބޮހައިޑްރޭޓްސް އެކުލެވޭހެން ބެލެންސް ކުރެވިފައިވާ ކެއުމެއް ކެއުން ކަމުގައި އެ ފަރާތްތަކުން ބުނެ އެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ގައްދޫގައި އެން ދަމަން ފީނި މަސްވެރިއަކު މަރުވެއްޖެ
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"