އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާންގެ މަގާމު ބަދަލުކޮށްފި އެވެ.
އޭނާ ބަދަލުކޮށްފައިވަނީ ހެޑް އޮފް ދަ އޮފީސް އޮފް ދަ ކޮމިޝަނާގެ މަގާމުން، ހެޑް އޮފް ސާވިސް ޑިވެލޮޕްމަންޓް ޑައިރެކްޓަރޭޓުގެ މަގާމަށެވެ.
ފުލުހުން ބުނީ އެ އިދާރާގެ ބަހާތަކުގެ ހިންގުމަށް އަބަދުވެސް ދަނީ ބަދަލު ގެންނަމުން ކަމަށެވެ. ޝިފާންގެ މަގާމަށް ގެނައި ބަދަލަކީވެސް އެފަދަ ބަދަލެއްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހެން ބުނި ނަމަވެސް ޝިފާން ބަދަލުކޮށްފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ހިތްހަމަނުޖެހިގެންކަން ވަނީ އެނގިފަ އެވެ.
އެނގިފައިވާ ގޮތުގައި ވަރަށް އަވަހަށް ތަރުޖަމާނުކަމަށް ވެސް އެހެން މީހަކު ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.
ޕޮލިސް ކޮމިޝަނަރު އޮފީހުގެ އިސްވެރިއަކަށް ޝިފާން ހަމަޖެއްސެވީ އާ ވެރިކަމާ އެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އައްޑޫ ޕޮލިސް އެކަޑެމީގަ އެވެ.
ދިރާގު އީދު ބޮނޑިބަތައް ބޮޑު ތަރުހީބެއް!
2039 ވަނަ އަހަރު މުސްލިމުންނާ 3 އީދު ބައްދަލު ކުރާނެ!
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!