ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކަށް މަގާމުން އިސްތިއުފާ ދޭން ރައީސް އޮފީހުން އަންގަން ފަށައިފި އެވެ.
"ހުރިހާ" އަށް މައުލޫމާތު ދެމުން ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވީ ރައީސް އޮފީހުން ގުޅާފައި އިސްތިއުފާ ދިނުމަށް ބައެއް ފަރާތްތަކަށް އަންގަމުން ދާކަމަށެވެ. އަދި ބައެއް ފަރާތްތަކަށް އެނޫން ވަޒީފާއެއް ހަމަޖައްސައި ދޭނަކަމަށްވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި ވަނީ ބައެއް ޕޮލިޓިކަލް ޑައިރެކްޓަރުންވެސް މަގާމުން ވަކިކޮށްފަ އެވެ.
މިއަދު ވަކިކޮށްފައި ވަނީ އެމްޑީއޭގެ ސްލޮޓެއްގައި ހުންނެވި ސްޓޭޓް މިނިސްޓަރެކެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ސިއްރުކޮށްފައިވާއިރު، 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވާފައިވާކަން ރައީސް ވަނީ އިއުލާން ކުރައްވާފަ އެވެ.
ސިޔާސީ މަގާމުތަކުގައި ޖުމްލަ 2280 މުވައްޒަފުން އެބަ ތިބިކަމަށާއި ދައުލަތުގެ ބަޖެޓުން މަހަކު 40 މިލިއަން ރުފިޔާ މުސާރައަށް ހަރަދުކުރާކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވަނީ ބުނެފަ އެވެ.
މި ހިސާބަށް އާދެވުނީ ހަމައެކަނި ޝާހުގެ ސަބަބުން: ކަރަން
"މައިކަލް": ފާޑުކިޔުންތެރިންނާއި ސަޕޯޓަރުން ބައިބައި ވެފައި!
ވަރުގަދަ އިންޒާރުތަކަށްފަހު އަނެއްކާވެސް ޓްރަމްޕް ފަސްޖެހިއްޖެ
ހެހެހެ....މަޖާކަމެއް.