ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށްޓަކައި "ގައުމީ ކުޅިވަރު ފަންޑު" ގެ ނަމުގައި ފަންޑެއް ގާއިމްކުރައްވަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މި ފަންޑަކީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ކެބިނެޓަށް ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް އިއްޔެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު އެ މަޖިލީހުގެ ލަފަޔާ އެއްގޮތަށް ގާއިމްކުރާ ފަންޑެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ގައުމީ ކުޅިވަރު ފަންޑުގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސް ނިންމެވީ، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީކުރުމަށާއި، ދިވެހި ކުޅިވަރު ޖަމާއަތް ނުވަތަ ކުޅިވަރު އާއިލާ ބާރުވެރިކުރުވުމުގެ މަގުސަދުގައިކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ފަންޑަށް ގާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ކުޅިވަރު ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

މެންޓަލް ހެލްތް ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކީ މިއީ
ފުވައްމުލަކު ބަންޑަރަ ކިޅިއަށް އަނެއްކާވެސް ގެއްލުން ދީފި
400 ޑޮލަރުގެ އަވާމެންދުރެއް: ސަރުކާރުން ހަދަނީ ދަންތުރައެއް