ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްހަތަށް ކިހާ ގެއްލުންހުރި ކަމެއްކަން އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް އަހަރެމެންގެ އާއްމު ދިރިއުޅުމުގައި އެކުލެވޭ މި އާދަތަކުގެ ސަބަބުން ވެސް ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްވަރުގެ ގެއްލުން ލިބޭކަން އެނގެނީ މަދު މީހަކަށެވެ.
ހެލިފެލިވެ އުުޅުން މަދުވުން
ހެލިފެލިވެ އުޅުމަކީ ދުޅަހެޔޮ ސިއްހަތެއްގެ ސިއްރު ކަމުގައި ޑޮކްޓަރުން އަބަދުވެސް ބުނެ އެވެ. ހެލިފެލިވެ އުޅުން މަދުވުމަކީ އަހަރެމެންގެ ހަށިގަނޑަށް ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުމާ އެއްފަދަ ގެއްލުމެން ލިބޭ ކަމެއްކަން އެނގޭނަމަ ހަރަކާތްތެރިވެ އުޅޭ މީހުންގެ އަދަދު ގިނަވާނެކަން ޔަގީނެވެ.
ނިދި ނުލިބުން
ދުވާލުގެ ގިނަ ވަގުތު ސްކްރީން ކުރިމަތީގައި އިނދެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަކީ ނިދިން މަހްރޫމުވުމަށް މެދުވެެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. ނިދި މަދުވުމަކީ ހަށިގަނޑަށް އޭގެ ނުރައްކާ އިންތިހާއަށް ބޮޑު ކަމެކެވެ.
ނުރަނގަޅު ކާނާ ކެއުން
ދުޅަހެޔޮ ސިއްހަތަކަށް ފައިދާހުރި ކާނާގެ މުހިއްމުކަން އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް އެކަމުގައި ހިފަހައްޓަނީ މަދު ބައެކެވެ. ތިބާގެ ކެއުމުގެ ވައްޓަފާޅި ހުންނަ ގޮތުން ސިއްހަތަށް ކިހާ ވަރެއްގެ ގެއްލުމެއް ލިބޭކަން ހާމަކޮށްދެނީ މާހިރުން އެ ގެއްލުންތައް ދުންފަތުން ލިބޭ ގެެއްލުންތަކާ އަޅާކިޔާތީ އެވެ.