ބައިގެން ދިއުމުގެ ހިތްދަތި ތަޖުރިބާއަކަށްފަހު އަނެއްކާވެސް ބަލިވެ އިންކަން ހޮލީވުޑްގެ މަޝްހޫރު ތަރި މޭގަން ފޮކްސް ހާމަކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް މޭގަން އެކަން އިއުލާން ކުރަމުން ބުނެފައިވަނީ އެއްވެސް އެއްޗަކީ ދާއިމަށް ގެއްލިފައިވާ އެއްޗެއް ނޫން ކަމަށެވެ.
އުމުރުން 38 އަހަރުގެ މޭގަންއާއި އޭނާގެ ބައިވެރިޔާ ރެޕް ލަވަކިޔުންތެރިޔާ މެޝިން ގަން ކެލީ (އަސްލު ނަން: ކޮލްސަން ބޭކާ)އަށް އަލަތު ދަރިއަކު ލިބެން އުޅޭއިރު އެ ދެމީހުންނަށް ވެސް މީގެ ކުރިން އެހެން ގުޅުންތަކުން ދަރިން ލިބިފައިވެ އެވެ.
އެގޮތުން މޭގަން އޭނާގެ ކުރީގެ ފިރިމީހާ ބްރައަން ގްރީންއާއެކު ތިން ދަރިން ހިއްސާކުރާއިރު ކެލީއަށް ވެސް އޭނާގެ ކުރީގެ ބައިވެރިޔާއާއެކު ދަރިއަކު ލިބިފައިވެ އެވެ.
މޭގަންއާއި ކެލީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާއިރު މި ދޭތެރެއިން އެ މީހުންގެ ގުޅުމުގައި ކުނިޖެހި ވަކިވި ކަމަށް ވެސް ހަބަރުތައް ފެތުރުނެވެ.
މިކަމާ ބެހޭ ގޮތުން އެ މީހުން ބުނީ އެ ގުޅުމުގައި އަޑިގުޑަންތަކެއް ފާއިތުވި ކަމަށާއި އެހެން ނަމަވެސް މިހާރު އެމީހުންގެ ގުޅުން ކުރިއަށްވުރެ ވެސް ވަރުގަދަ ކަމަށެވެ.
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
ޝަބާނާގެ ސިއްހީ ހާލު ގޯސްވެ ފަރުވާ ހޯދަން ޖެހިއްޖެ
އެމެރިކާއިން ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި