ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ޚަލީލް އިކޮނަމިކް ކައުންސިލަށް އައްޔަނު ކުރައްވައިފި އެވެ.
އެނގިފައިވާގޮތުގައި ޚަލީލް އެ ކައުންސިލަށް އައްޔަން ކުރެއްވީ މިއަދު އެވެ. އޭނާ އެ ކައުންސިލަށް އައްޔަންކޮށްފައި މިވަނީ މަރުކަޒީ ބޭންކު އެމްއެމްއޭ އިން ނެރެފައިވާ ބޭރު ފައިސާ މާރުކުރުމާ ބެހޭ އުސޫލަށް އަމަލުކުރެވެން ނެތްކަމަށް އޭނާ ސޮއިކުރައްވައި އެމްއެމްއޭއަށް އަންގަވާފައި ވަނިކޮށެވެ. ޚަލީލް ވަނީ ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.
އޭނާ އަކީ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް އާއި ރިއޯލޯ ގްރޫޕާއި ދާލު އެއާޕޯޓު ހިންގާ ކުންފުނީގެ އިތުރުން މަންޓާ އެއާގެ ވެސް ހިއްސާދާރެކެވެ.
ޚަލީލަކީ އެ ވިޔަފާރިތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅާއެވެ. ޚަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަންކުރެއްވިކަން ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ރޯދަ މަހު ފޮނި ކެއުންތަކުން ދުރުވާނެ ދެތިން ގޮތެއް!
ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލެއް
ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" އައްޑުއަށް
