ހައުސިން މިނިސްޓްރީން މައުލޫމާތު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުމަކަށް ހާޒިރުނުވެވުނީ މުވައްޒަފެއްގެ އިހުމާލުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން އެ އަޑުއެހުމަށް ހާޒިރުނުވުމުން އައިކޮމްއިން ވަނީ ހައުސިން މިނިސްޓްރީ 350 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދި ހުށަހަޅާ ހުށަހެޅުންތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި މައުލޫމާތު ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ. އަދި އެ މައްސަލައިގެ އަޑުއެހުމަށް ނުދެވުނީ މުވައްޒަފެއްގެ އިހުމާލުން ކަމަށް ވެސް އެ ބަޔާނުގައުވެ އެވެ.
އެހެންކަމުން އެ މުވައްޒަފާ ދޭތެރޭގައި ސިވިލް ސާވިސް ގަވާއިދުގައި ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދެވިފައިވާ ވާހަކަ ދަންނަވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ މިނިސްޓްރީން ބުނީ މި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހުޅުވައިފި
ފަހަތުން އަރައި ސެނެގާލް ބަލިކޮށް، ބެލްޖިއަމް ގަދަ 16އަށް
ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް ސްޕެއިން ގަދަ 16 އަށް

ދޯހަޅި މިނިސްޓަރެއް!
ނޫން ސަރުކާރުން ދުއްވާފައިދާން ދީފައިއޮތްކާރުކުޑަވީ ހިނގާފައިދާންއޮތްފައިހިމައީ