ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ސްރީލަންކާ މަސް ބޯޓަކުން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ، އެ ބޯޓަކީ ހދ. މަކުނުދޫގެ ބޭރުން ފެނުނު ލަންކާ މަސް ބޯޓެއް ކަމަށެވެ.
އެ ބޯޓު ފެނިގެން ސިފައިން ވަނީ ކުޅުދުއްފުށި ސިޓީ ބަނދަރަށް އެ ބޯޓު ގެންގޮސްފަ އެވެ.
ކޮމިޝަނަރު ވިދާޅުވީ ފުލުހުން އެ ބޯޓު ޗެކްކުރިއިރު، ލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނަކު އޭގައި ތިބި ކަމަށެވެ.
އެ ބޯޓު ހިފެހެއްޓީ އެމްއެންޑީއެފްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވިގޮތުގައި އެ ބޯޓުން މަސްތުވާތަކެތި ފެނުނީ މިއަދު ހެނދުނު ފުލުހުން އެ ބޯޓު ބަލައި ފާސްކުރުމުންނެވެ. އެތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
ދަރިފުޅުގެ ނެޕީގައި ސިއްހަތަށް ނުރައްކާތެރި މާއްދާ ތަކެއް؟
މާލެ އޯޕަންގެ ވަނަވަނަ ހާސިލުކޮށްފައިވާ ފެތުންތެރިންނަށް އިނާމު
ކުއްޖާ އަނިޔާވި އެކްސިޑެންޓް: ހެކި ހޯދަން ދެ ކާރު ޓޯކޮށްފި
