އެގްރިކަލްޗާ މިނިސްޓްރީ ވަގުތީގޮތުން ހިންގުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެގްރިކަލްޗާ މިނިސްޓްރީ ހިންގުން މިނިސްޓަރު މާރިޔާއާ ހަވާލުކުރެއްވީ މިނިސްޓްރީއަށް މިނިސްޓަރަކު އައްޔަން ކުރެވެންދެން ކަމަށެވެ.
ރަމީލާ އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ހުރިގޮތުންނެވެ.
ރައީސް ވަނީ ރަމީލާގެ މަސައްކަތްޕުޅު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.
"އަޅުގަނޑުގެ ދުޢާއަކީ، ޑޮކްޓަރ ޢާއިޝަތު ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން ޑޮކްޓަރ ޢާއިޝަތު ރަމީލާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި ފާގަތި މުސްތަޤުބަލެއް މިންވަރުކުރެއްވުމެވެ." ރައީސްގެ ބަޔާނުގައިވެ އެވެ.
ރަމީލާ މަގާމާއި ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވަން ފައްޓަވާފަ އެވެ.
"ބަޓްވާރާ 1947" ފެއިލްވީ ފިލްމުގައި ސަނީއަކީ މުސްލިމަކަށް ވުމުން؟
ޗުއިންގަމްއާއި ޖޭމްތަކުގައި ހިމެނޭ ސްވީޓްނާތަކުން ސްޓްރޯކް ޖެހޭ!
