ބޮކްސް އޮފީހުގައި ނާކާމިޔާބުވި ބޮލީވުޑް ފިލްމު "ބަޓްވާރާ 1947" އާ ގުޅޭގޮތުން، އެ ފިލްމުގެ މުހިންމު ރޯލެއް ކުޅެފައިވާ ކުޅަދާނަ ބަތަލާ ޝަބާނާ އާޒްމީ ވާހަކަ ދައްކައިފި އެވެ.
އޭނާ ބުނި ގޮތުގައި ފިލްމަށް ބެލުންތެރިންގެ ތަރުހީބު ނުލިބުނު އެއް ސަބަބަކީ، ސަނީ ޑިއޯލް މުސްލިމެއްގެ ރޯލު ކުޅުމުން ބެލުންތެރިންނަށް އެކަން ބަލައިގަންނަން އުނދަގޫ ވުމެވެ.
އޮގަސްޓް 14 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަކީ 120-150 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ނަމަވެސް ބޮކްސް އޮފީހުގައި ފިލްމު ވަނީ ފްލޮޕްވެފަ އެވެ.
މިހާތަނަށް ފިލްމަށް ލިބިފައިވަނީ އެންމެ 53 ކްރޯޑް ރުޕީސް އެވެ. މިއާ ހިލާފަށް، ހަމަ އެ ދުވަހު ނެރުނު އިމްރާން ހާޝްމީގެ "އާވާރާޕަން 2" ވަނީ 200 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފަ އެވެ.
ޝަބާނާ ބުނީ، މީގެ ކުރިން އަމީތާބް ބައްޗަން ފަދަ ބޮޑެތި ތަރިން ("ކޫލީ" އަދި "ދީވާރު" ފަދަ ފިލްމުތަކުގައި) މުސްލިމުންގެ ރޯލުތައް ވަރަށް ފަސޭހައިން ކުޅެ، ބެލުންތެރިން އެކަން ބަލައިގަތް ނަމަވެސް، ސަނީ ޑިއޯލްގެ މި ރޯލު މީހުންނަށް ބަލައިގަންނަން އުނދަގޫވި ކަމަށެވެ.
އެއާއެކު ފިލްމު ބެލި ބައެއް މީހުންނަށް ފިލްމުގެ ވާހަކަ ރަނގަޅަށް ފަހުމްނުވާ ކަމަށާއި، ސަނީ ޑިއޯލް ކުޅުނީ ޕާކިސްތާނު މީހެއްގެ ރޯލު ކަމަށްވެސް ބައެއް މީހުންނަށް ހީވި ކަމަށް އޭނާ ފާހަގަކުރި އެވެ.
ފިލްމު ފްލޮޕްވި ނަމަވެސް، ފިލްމު ބެލި މީހުން ފިލްމުގައި ދޭ އިންސާނިއްޔަތުކަމުގެ މެސެޖަށް ވަރަށް ތައުރީފުކުރާ ކަމަށް ޝަބާނާ ބުންޏެވެ. ނަމަވެސް މިހާރު އޮތް މާހައުލުގައި އިންޑިއާ އާއި ޕާކިސްތާނުގެ މައްސަލަތަކާ ގުޅޭ ފިލްމުތައް އުފެއްދުމަކީ އުނދަގޫ ކަމަކަށް ވެފައިވާކަން އޭނާ ފާހަގަކުރި އެވެ.
ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށް އާމިރް ހާން ޕްރޮޑިއުސްކޮށްފައިވާ "ބަޓްވާރާ 1947" އަކީ މަޝްހޫރު ބަތަލާ ޕްރީތީ ޒިންތާ 8 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އެނބުރި ސްކްރީނަށް އައި ފިލްމު ވެސްމެ އެވެ. ނަމަވެސް މިކަމުންވެސް ފިލްމަށް އެދެވޭ ކާމިޔާބީއެއް ލިބޭގޮތެއް ނުވި އެވެ.
ތޮއްޔިބު އަނެއްކާ ވެސް ފުލުހަށް ހާޒިރުކުރަނީ
ބްރެޑްގެ ކުރިއަށް އޮތް ފިލްމުގެ ނަން އިއުލާން ކޮށްފި
އެންމެ މިނެޓަކުން ހިތުގެ ސިއްހަތު ދެނެގަންނާނެ 3 ގޮތެއް!