އިންޑިއާގެ ވެރިރަށް ދިއްލީގައި އޮތް އަމިއްލަ މީހެއްގެ ކައިވެނީގެ ބޮޑު ހަފުލާއެއްގައި ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.
ކައިވެނިކުރި އަންހެން މީހާގެ މޭކަޕް އާޓިސްޓް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި އެ ކައިވެނީގެ ތެރެއިން ޝާހްރުކް ޚާންގެ ހާއްސަ ހުށައެޅުމެއްގެ މަންޒަރު ފެނެ އެވެ. އެ އިވެންޓްގައި ޝާހްރުކް ޚާން އޭނާގެ ބައެއް ފިލްމުތަކުގެ ޑައިލޮގްތައް ބޭނުންކޮށް ލަވަަތަކަށް ނަށާފައިވާއިރު ކައިވެނިކުރި އަންހެން މީހާއާއެކު ވެސް ނަށާފައިވެ އެވެ.
އެ ވީޑިއޯ އާއްމު ކުރުމާއެކު ގިނަ ބަޔަކު ވަނީ އެ ކައިވެނީގައި ބައިވެރިވާން ޝާހްރުކް ޚާން ނެގީ ކޮން އަގެއްތޯ ސުވާލު އުފައްދާފަ އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެމުން މޭކަޕް އާޓިސްޓް ބުނެފައިވަނީ ޝާހްރުކް ޚާންއަކީ ކައިވެނިކުރި ދެމީހުންގެ ތެރެއިން އެކަކުގެ އާއިލާ ރަހުމަތްތެރިއެއް ކަމަށެވެ.
ޝާހްރުކް ޚާން ފަދަ މަޝްހޫރު ތަރިއެއްގެ ފެނިލުމެއް އަމިއްލަ ކައިވެނީގައި ފެނިގެން ދިއުމަކީ ދުނިޔޭގެ އެތައް ބަޔަކު ބޭނުންވާ ކަމެކެވެ.